މެރިން ރިސާޗަށް އެންމެ ގިނަ ދުވަހު ހިދުމަތް ކުރެއްވި ހަސަން ޝަކީލް ނިޔާވެއްޖެ

މެރިން ރިސާޗްގެ ދާއިރާއަށް 40 އަށްވުރެ ގިނަ އަހަރު ހިދުމަތް ކޮށްދެއްވި ހަސަން ޝަކީލް ނިޔާވެއްޖެއެވެ.
ހަސަން ޝަކީލު ނިޔާވިއިރު އުމުރަކީ 64 އަހަރެވެ. އަދި އޭނާ ގެންދެވީ މެރިން ރިސާޗް އިންސްޓިޓިއުޓްގެ ޑެޕިއުޓީ ޑިރެކްޓަރު ޖެނެރަލްގެ މަގާމު ފުރުއްވަމުންނެވެ.
މޯލްޑިވްސް މެރިން ރިސާޗް އިންސްޓިޓިއުޓުން ވަނީ ޝަކީލް ނިޔާވުމާ ގުޅިގެން ތައުޒިޔާ ވިދާޅުވެ ޕޯސްޓެއްކޮށްފައެވެ. އެ ޕޯސްޓުގައިވާ ގޮތުން ޝަކީލަކީ މެރިން ރިސާޗްގެ ދާއިރާއިން މީހުން ބިނާކުރުމަށް ގިނަ މަސައްކަތްތަކެއް ކުރައްވާފައިވާ ބޭފުޅެކެވެ. އަދި އޭނައަކީ އެތަނަށް އެންމެ ގިނަ ދުވަހު ހިދުމަތްކުރެއްވި ބޭފުޅާ ކަމަށް އޭގައިވެއެވެ
ފިޝަރީޒް މިނިސްޓްރީން ކުރި ޕޯސްޓެއްގައި ވިދާޅުވީ އެ ވުޒާރާއަށް ގިނަގުނަ ހިދުމަތްތަކެއް ކުރެއްވި ޝަކީލް ދެމިއޮތުު އާލަމަށް ދަތުރުކުރެއްވި ހަބަރު އެހީ ފުން ހިތާމައާއިއެކުގައި ކަމަށެވެ.