ސިޔާސީ
އިގްތިޞާދު މިއަހަރު 6.4 އިންސައްތަ ކުރިއަރާނެ: ރައީސް

މި އަހަރު ރާއްޖޭގެ އިގުތިސާދު 6.4 އިންސައްތައިން ކުރިއަރާނެ ކަމަށް އަންދާޒާ ކުރެއްވޭ ކަމުގައި ރައީސް ޑރ.މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް މިފަދައިން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ މި އަހަރުގެ ފުރަތަމަ ޖަލްސާގައި ރިޔާސީ ބަޔާން އިއްވަވަމުންނެވެ.
އެކި ދާއިރާތަކުން ޤައުމުކުރިއަރުވައި ފާގަތި މުސްތަޤްބަލެއް ހޯދުމަކީ އެމަނިކުފާނުގެ އަޒުމްކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ ނިމިދިޔަ އަހަރަށް ވުރެ މި އަހަރު އިގުތިސާދީ ކުރިއެރުން ހަލުއިވާނެ ކަމަށެވެ.
ނިމުނު 2024 ވަނަ އަހަރު ނިމުނުއިރު ދައުލަތުގެ ރަސްމީ ރިޒަރވްގައި 673.2 މިލިއަން އެމެރިކާ ޑޮލަރު ހުރިއިރު، މިއީ 2023 ވަނަ އަހަރު ނިމުނުއިރު ރިޒަރވްގައި ހުރި 590.5 މިލިއަން އެމެރިކާ ޑޮލަރަށްވުރެ 14 އިންސައްތަ އިތުރު އަދަދެއް ކަން ރައީސް ފާހަގަކުރެއްވިއެވެ