ސިޔާސީ

ޣައްޒާގެ ބިމަކީ ފަލަސްތީނުގް މިލްކެއް: ރައީސް

ގާޒާގެ ބިމަކީ ފަލަސްތީނު ރައްޔިތުންގެ މިލްކެއް ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލިސް މި އަހަރަށް ހުޅުވުމުގެ ގޮތުން ރިޔާސީ ބަޔާން އިއްވަވަމުން ރައީސް މުއިއްޒު ވިދާޅުވީ ރާއްޖެ އަބަދުވެސް އިސްކުރާނީ އަމާންކަން ކަމަށެވެ.

އެހެން ގައުމުތަކުގެ ބިންތައް ހިފައިގަތުމާއި ފުރާނައަށް ގެއްލުން ދިނުމާއި އިންސާނީ ކަރާމަތަށް އަރައިގަތުން ފަދަ ޖަރީމާތައް ދިވެހިރާއްޖެ އެއްގޮތަކަށްވެސް ބަލައެއް ނުގަންނާނެ ކަމަށް ރައީސް މުއިއްޒު ވިދާޅުވި އެވެ.

”ގާޒާގެ ބިމަކީ ފަލަސްތީނުގެ ރައްޔިތުންގެ މިލްކެއް. ގާޒާއިން ފަލަސްތީން ބޭލުމަށް އެއްވެސް ފަރާތަކުންކުރާ އެއްވެސް ކަމަކަށް ދިވެހިރާއްޖެއިން ދުވަހަކުވެސް ތާއީދެއް ނުކުރާނެ،“ ރައީސް ވިދާޅުވި އެވެ.

ރައީސް މުއިއްޒު ވިދާޅުވީ އަބަދުވެސް ވަކާލާތު ކުރާނީ 1967 ގެ ކުރީގެ ބޯޑަރުތަކަށް ތަބާވެ އިރުމަތީ ޖެރުސެލަމްއަކީ ފަލަސްތީނުގެ ވެރިރަށްކަމުގައި ގަބޫލުކޮށް ފަލަސްތީނުގެ ވަކި ދައުލަތެއް އުފެއްދުމަށް ކަމަށެވެ.

ފަލަސްތީނުގެ ވަކި ދައުލަތެއް ގާއިމުކުރުމަށް ފަލަސްތީނުގެ ރައްޔިތުން ދެކޭ ހުވަފެން ހަގީގަތަކަށް ހެދުމަށް ރާއްޖޭގެ ފުރިހަމަ އެއްބާރުލުން މި ސަރުކާރުން ދޭނެ ކަމުގެ ޔަގީންކަން ރައީސް ވަނީ ދެއްވާފަ އެވެ.

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button