ސިޔާސީ

39 ރަށުގައި މި އަހަރު ފުލުހުންގެ ހިދުމަތް ގާއިމުކުރަނީ

ފުލުހުންގެ ހިދުމަތް ގާއިމުވެފައިނުވާ 39 ރަށުގައި މިއަހަރު ފުލުހުންގެ ޚިދުމަތް ގާއިމު ކުރެވިގެންދާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.

ރިޔާސީ ބަޔާން އިއްވަވަމުން ރައީސް މުއިއްޒު ވިދާޅުވީ މި ސަރުކާރުގައި މިހާތަނަށް 27 ރަށުގައި ޕޮލިސް ސްޓޭޝަން ހުޅުވާފައިވާ ކަމަށެވެ.

”މިހާރު ފުލުހުންގެ ހިދުމަތް ޤާއިމުވެފައިނުވާ 39 ރަށުގައި މިއަހަރު ފުލުހުންގެ ހިދުމަތް ޤާއިމު ކުރެވިގެންދާނެ. ނަތީޖާއެއްގެ ގޮތުން މިއަހަރު ނިމޭއިރު ފުލުހުންގެ ހިދުމަތް ގާއިމުކުރެވިފައިނުވާ އެއްވެސް ރަށެއް ނުހުންނާނެ،“ ރައީސް މުއިއްޒު ވިދާޅުވި އެވެ.

ރައީސް މުއިއްޒު ވިދާޅުވީ 20 ރަށެއްގައި ގާއިމުކޮށްފައިވާ ވަގުތީ ފުލުހުންގެ މަރުކަޒުގެ ބަދަލުގައި ދާއިމީ ޕޮލިސް ސްޓޭޝަން އެޅުމުގެ އަމަލީ މަސައްކަތް މި އަހަރު ފެށޭނެ ކަމަށެވެ.

މީގެ އިތުރުން ޑްރަގާއި ގޭންގްތަކުގެ މައްސަލައަށް ދާއިމީ ހަައްލެ ގެނައުމަށް ސަރުކާރުން ފަށާފައިވާ މަސައްކަތަށް ކެޕޭސިޓީ މި އަހަރު އިތުރު ކުރެވޭނެ ކަމަށް ރައީސް މުއިއްޒު ވިދާޅުވި އެވެ.

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button