ޚަބަރު
ކެފޭއެއް ތެރޭ މާރާމާރީއެއް ހިންގައިފި

މާލޭގެ ކެފޭއެއްގެ ތެރޭގައި މާރާމާރީއެއް ހިންގާ ދެ މީހަކު ޒަހަމްކޮށްލައިފިއެވެ.
މި މާރާމަރީ ހިންގާފައި ވަނީ މާވެޔޮ މަގުގައި ހުންނަ ކެފޭއެއްގެ ތެރޭގައެވެ މައުލޫމާތު ލިބުނުގޮތުގައި މާރާމާރީ ހިންގާފައި ވަނީ ކެފޭގެ ބަދިގޭގައި މަސައްކަތް ކުރާ ދެ ބިދޭސީންގެ ދެމެދުގައެދެވެ.
ފުލުުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ މާވެޔޮ މަގުގައި ހުންނަ ކެފޭއެއްގައި ހިންގި މާރާމާރީއެއްގެ މައްސަލަ މިއަދު 12:10 ގައި ފުލުހުންނަށް ރިޕޯޓްކޮށްފައިވާ ކަމަށެވެ.އޮފިޝަލް ވިދާޅުވިގޮތުގައި، މި މާރާމާރީ ހިންގާފައި ވަނީ ބިދޭސީންތަކެއްގެ މެދުގައެވެ.
ޢަނިޔާވި ބިދޭސީއަކަށް އައިޖީއެމްއެޗް ހޮސްޕިޓަލުގައި ދަނީ ފަރުވާ ދެމުންނެވެ.