ޚަބަރުވިޔަފާރި

އިންޝުއަރެންސް ކުންފުނިތަކުން ދެ ބިލިއަން ރުފިޔާގެ ޕްރިމިއަމް ދޫކުރި

މިދިޔަ އަހަރު ރާއްޖޭގެ އިންޝުއަރެންސް ކުންފުނިތަކުން ދޫކުރި ޕްރިމިއަމްތަކުގެ އަގު 2 ބިލިއަން ރުފިޔާއަށް އަރައިފި އެވެ.

މަރުކަޒީ ބޭންކް، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން އާންމުކޮށްފައިވާ އެންމެ ފަހުގެ ތަފާސް ހިސާބުތައް ދައްކާ ގޮތުން، މިދިޔަ އަހަރުގެ ހަތަރުވަނަ ކުއާޓަރުގައި އިންޝުއަރެންސް ކުންފުނިތަކުން ޖުމްލަ 2.02 ބިލިއަން ރުފިޔާގެ ޕްރިމިއަމް ދޫކޮށްފައިވެ އެވެ. އެގޮތުން އަހަރުގެ ފުރަތަމަ ކުއާޓަރުގައި 600 މިލިއަން ރުފިޔާ، ދެވަނަ ކުއާޓާގައި 478.2 މިލިއަން ރުފިޔާ، ތިންވަނަ ކުއާޓާގައި 445.5 މިލިއަން ރުފިޔާ، އަދި ހަތަރުވަނަ ކުއާޓާގައި 499.3 މިލިއަން ރުފިޔާގެ ޕްރިމިއަމް ދޫކޮށްފައިވެ އެވެ.

މީގެއިތުރުން މި މުއްދަތުގައި އިންޝުއަރެންސް ކުންފުނިތަކުން އެންމެ ގިނައިން ދޫކޮށްފައިވަނީ ހެލްތު އިންޝުއަރެންސް ޕްރިމިއަމްތަކެވެ. އެގޮތުން 617.6 މިލިއަން ރުފިޔާގެ ހެލްތު އިންޝުއަރެންސް ޕްރިމިއަމް ދޫކޮށްފައިވާއިރު، ހެލްތު އިންޝުއަރެންސް ކްލެއިމްސްގެ ގޮތުގައި 341.8 މިލިއަން ރުފިޔާ ދޫކޮށްފައިވެ އެވެ. އިންޝުއަރެންސް ކުންފުނިތަކުން ޖުމްލަކޮށް ކްލެއިމްސްގެ ގޮތުގައި ދޫކޮށްފައިވަނީ 683.8 މިލިއަން ރުފިޔާ އެވެ.

Leave a Reply

Your email address will not be published. Required fields are marked *

Back to top button