ޚަބަރުވިޔަފާރި

އެސްޓީއޯ ކޮންސްޓްރަކްޝަންގެ ރޯދަ ސޭލް ފަށައިފި

ތަފާތު ގިނަ ޕްރޮމޯޝަން ހަރަކާތްތަކާއި ބޮޑު އިނާމެއް ހިމެނޭ ގޮތަށް އެސްޓީއޯގެ ރޯދަ ސޭލް ފަށައިފިއެވެ.

އެސްޓީއޯ އިން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ، ނަސީބުވެރި ފަރާތަކަށް 50،000ރ ގެ ވައުޗަރެއް ލިބޭ މި ޕްރޮމޯޝަނުގެ ދަށުން އެސްޓީއޯ ކޮންސްޓްރަކްޝަނުން ވިއްކާ މުދާ ހެޔޮ އަގުގައި ލިބިގެން ދާނެ ކަމަށެވެ. އެގޮތުން ނިޕޯން ޕެއިންޓުން 20 ޕަސެންޓާއި ހަމައަށް ޑިސްކައުންޓު ލިބޭނެ ކަމަށާއި، މަކިޓާ ޓޫލްސް އިން 50 ޕަސެންޓާއި ހަމައަށް ޑިސްކައުންޓު ލިބިގެން ދާނެ ކަމަށެވެ.

އެސްޓީއޯ އިން ބުނީ 500ރ އިން މަތީގެ ކޮންމެ ވިޔަފާރިއަކަށް ރޯދަ ސޭލްގެ ލަކީޑްރޯގައި ބައިވެރިވާން ކޫޕަނެއް ލިބިގެން ދާނެ ކަމަށާއި، މީގެއިތުރުން ކޮންމެ ހަފްތާއަކުވެސް ނަސީބުވެރިއަކު ހޮވުމަށް ހަމަޖެހިފައިވާ ކަމަށެވެ. ހަފްތާގެ ނަސީބުވެރިއަކަށް ގިފްޓް ހޭމްޕާއެއް ލިބިގެން ދާނެ ކަމަށްވެސް އެސްޓީއޯ އިން ވަނީ ބުނެފައެވެ.

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button