
މޯލްޑިވްސް ގޭސްއިން ވިއްކާ 45 ކިލޯގެ ގޭސް ފުޅީގެ އަގު ހެޔޮކޮށްފިއެވެ.
މިކަމާ ގުޅޭގޮތުން މޯލްޑިވްސް ގޭހުން ވިދާޅުވީ 45 ކިލޯގެ ގޭސް ފުޅީގެ އަގު ހެޔޮކޮށްފައިވަނީ ކުދި ވިޔަފާރިތަކަށް އެހީވުމުގެ ގޮތުންކަމަށެވެ. އެގޮތުން ކުރިން 1260 ރުފިޔާއަށް ވިއްކި ގޭސް ފުޅީގެ އަގު ވަނީ 1170 ރުފިޔާއަށް ކުޑަކޮށްފައެވެ. އެހެންކަމުން މިއީ ކުރިއާ އަޅާބަލާއިރު 95 ރުފިޔާގެ ކުޑަވުމެކެވެ.
”ލިކުއިފައިޑް ޕެޓްރޯލިއަމް ގޭސް“ ނުވަތަ 45 ކިލޯގެ ގޭސް ފުޅި އާއްމުގޮތެއްގައި ބޭނުންކުރަނީ ކެފޭ ރެސްޓޯރަންޓްތަކާއި ކާބޯތަކެތީގެ ކުދި ވިޔަފާރިތައް ކުރާ ފަރާތްތަކުންނެވެ.