ޚަބަރު

މޫސުމީ ގެއްލުންތަކުގައި އެހީވުމަށް ޓާސްކް ފޯހެެއް އެކުލަވާލައިފި

ރާއްޖޭގެ ބޮޑު ބަޔަކަށް މޫސުން ގޯސްވާނެ ކަމަށް ލަފާކޮށްފައިވާތީ ރައްޔިތުންނަށް އެހީވުމަށާއި ލިބިދާނެ ގެއްލުންތައް ކުޑަކުރުމަށް އެހީވުމުގެ ގޮތުން ހާއްސަ ޓާސްކްފޯސްއެއް އުފައްދައިފި އެވެ.

ޓާސްކްފޯސްގައި ހިމެނޭ އިދާރާތަކަކީ އެމްއެންޑީއެފް، ޕޮލިސް އަދި ނެޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އެވެ.

ޓާސްކްފޯސްގެ ބޭފުޅުން މަސައްކަތް ކުރުމަށްޓަކައި އެމްއެންޑީއެފްގެ މައި އިދާރާ — ބަންޑާރަކޮށީގައި ވަނީ ޖޮއިންޓް އޮޕަރޭޝަން ސެންޓަރެއްވެސް ގާއިމުކޮށްފަ އެވެ.

މިއަދު ކުރިޔަށް ގެންދިޔަ ނޫސްވެރިންގެ ބައްދަލުވުމުގައި މައުލޫމާތު ދެއްވަމުން ޗީފް އޮފް ޑިފެންސް ފޯސް މޭޖަ ޖެނަރަލް އިބްރާހީމް ހިލްމީ ވިދާޅުވީ މިމަހުގެ 18 ވަނަ ދުވަހުގެ ނިޔަލަށް މޫސުން ގޯސްވާނެ ކަމަށް ލަފާކޮށްފައިވާތީ އެ މުއްދަތަށް ޖޮއިންޓް އޮޕަރޭޝަން ސެންޓަރު 24 ގަޑިއިރު ހިންގަމުން ގެންދާނެ ކަމަށެވެ. އަދި ސިފައިން ގާއިމުވެ ތިބޭ ރާއްޖޭގެ ހަތަރު އޭރިއާ ކޮމާންޑް ސެންޓަރުތަކުގައިވެސް ސިފައިން ތައްޔާރީ ހާލަތުގައި ތިބޭނެ ކަމަށެވެ.

މިބައްދަލުވުމުގައި ކޮމިޝަނާ އޮފް ޕޮލިސް އަލީ ޝުޖާއު ވިދާޅުވީ ރައްޔިތުންނަށް އެހީވުމަށް މުޅި ރާއްޖޭގައިވެސް ފުލުހުން ތިބީ ތައްޔާރީ ހާލަތުގައި ކަމަށެވެ. ފުލުހުން ނެތް ރަށް ރަށުގައިވެސް ކައުންސިލްތަކަށް ދޭންޖެހޭ އިރުޝާދު ދީ އެހީތެރިކަން ފޯރުކޮށްދެމުންދާ ކަމަށްވެސް ވިދާޅުވި އެވެ.ޕ

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button