
ސައުތު އޭޝިއާގެ އެންމެ ބާރުގަދަ ޕާސްޕޯޓުގެ މަގާމު ރާއްޖޭން ދިފާއުކޮށްފިއެވެ.
އިމިގްރޭޝަނުން ކޮށްފައިވާ ޕޯސްޓެއްގައި ބުނީ، ސައުތު އޭޝިއާގެ އެންމެ ބާރުގަދަ ޕާސްޕޯޓުގެ މަގާމު ރާއްޖޭން ދިފާއު ކޮށްފައިވާ ކަމަށެވެ.
އެގޮތުން، ދުނިޔޭގެ ރޭންކިންގައި ރާއްޖެ އޮތީ 53 ވަނަ ގައި ކަމަށްވާއިރު، 94 ގައުމަކަށް ވިސާ ނެތި، ރާއްޖޭގެ ޕާސްޕޯޓުގައި ދަތުރުކުރެވެއެވެ.
ހޭންލީ ޕާސްޕޯޓު އިންޑެކްސްގައިވާ ގޮތުން، ދުނިޔޭގެ އެންމެ ބާރުގަދަ ޕާސްޕޯޓުގެ މަގާމު ލިބިފައި ވަނީ ސިންގަޕޫރަށެވެ. އެގައުމުގެ ޕާސްޕޯޓުގައި 195 ގައުމަކަށް ވިސާ ނެތި ދަތުރުކުރެވޭނެއެވެ. ދެވަނަ އަށް އެންމެ ބާރުގަދަ ޕާސްޕޯޓުގެ މަގާމު ހޯދީ ޖަޕާނުންނެވެ. އެ ގައުމުގެ ޕާސްޕޯޓުގައި ވިސާއާ ނުލައި 193 ގައުމަކަށް ދަތުރުކުރެވޭނެއެވެ.