
މާލޭއަށް ބޯކޮށް ވާރޭވެހި ފެންބޮޑުވެދާނެކަމަށް ލަފާކުރެވޭތީ، ގިނަ ގޭގައި ވެލިބަސްތާ ޖަހައިފައެވެ.
ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ)އިން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ އާންމުކޮށް ފެންބޮޑުވާކަމަށް ފާހަގަކުރެވޭ 56 ގެއެއްގައި ވެލިބަސްތާ ޖެހުމުގެ މަސައްކަތް މާލޭ ސިޓީ ކައުންސިލުން ރޭ ކުރިއަށް ގެންގޮސްފައިވާކަމަށެވެ.
މޫސުމާއި ބެހޭ ގައުމީ އިދާރާ (މެޓް) އިން މޫސުން ގޯސްވާނެކަަމަށް ލަފާކޮށްފައިވާތީ، އެންޑީއެމްއޭއިން ވަނީ ކުރިޔާލާ މޫސުމަށް ރައްކާތެރިވުމަށާއި ލިބިދާނެ ގެއްލުންތައް ކުޑަކުރުމަށް ކުރެވޭނެ ކަންތައްތައް ހިއްސާކޮށްފައެވެ.