ޚަބަރު

ތ އަތޮޅު ތައުލމީ މަރުކަޒުގެ ބައު އިމާރާތުން މިނި ކަށިތަކެއް

ތ.ތިމަރަފުށީގައި ހުންނަ ތ އަތޮޅު މަދަރުސާގެ ބައު އިމާރާތް ތަޅާލިއިރު އެތަނުން އިންސާނެއްގެ ކަށިތަކެއް ފެނިއްޖެއެވެ.

”ބޮންތި“ އަށް ވަރަށް އިތުބާރު ހުރި މަސްދަރަކުން މިކަން ވަނީ ކަށަވަރުކޮށްދީފައެވެ. ބޮންތިއަށް މައުލޫމާތު ލިބިފައިވާ ގޮތުގައި އެ މަދަރުސާގެ ބައު އިމާރާތް ތަޅާލީ އައު އިމާރާތެއް އެޅުމަށެވެ. އަދި އެ އެއިމާރާތް ތަޅާލި ތަނުން ވަނީ އިންސާނެއްގެ ކަށިތަކެއް ފެނިފައެވެ. މީގެ ކުރިން ވެސް އެ ބިމުން އިންސާނުންގެ ކަށި ފެނިފައިވާކަމަށް މައުލޫމާތު ލިބެއެވެ.

”ބޮންތި“ އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ތ އަތޮޅު މަދަރުސާ ހުރި ބިމަކީ މީގެ އަހަރުތަކެއް ކުރިން ސަހަރާއެއްގެ ގޮތުގައި ބޭނުން ކޮށްފައިވާ ބިމެކެވެ.

މިއަދާ ހަމައަށް ވެސް މިކަމަށް ހައްލެއް ހޯދުމަށް އެއްވެސް ޒިންމާދާރު ފަރާތަކުން މަސައްކަތް ކޮށްފައިނުވާކަމަށް ”ބޮންތި“ އަށް މައުލޫމާތު ހިއްސާކުރި ގިނަ ފަރާތްތަކުން ވަނީ ބުނެފައެވެ.

 

One Comment

  1. ބަލަ ތ އަތޮޅު މަދަރުސާ ހުންނަނީ ގުރައިދޫ ގައި..ކުލާސްރޫމް މަސައްކަތް ހިނގަމުންދަނީ ތިމަރަފުށީގައި..މި ވާނުވާ އެއް ނޭނގުނު..ބޮންތި އިން މިކަން ސާފު ކޮއްލައިދީ ބަލަ..

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button