ޚަބަރު

އުރީދޫގެ ”ބޮޑު ރޯދަވީއްލުން“

އުރީދޫގެ ފަރާތުން މި ރަމަޟާން މަހުގެ ކޮންމެ ހުކުރު ދުވަހަކު ބޮޑު ރޯދަ ވީއްލުމެއް ދިނުމަށް އުރީދޫއިން ނިންމަވައިފިއެވެ.

 

ސަލްމާން މިސްކިތުގެ ގޯތިތެރޭގައި ބޭއްވުމަށް ހަމަޖެހިފައިވާ މި ރޯދަވީއްލުން ކުރިއަށް ގެންދަނީ ”ކޮމިއުނިޓީ އިފްތާރު“ގެ ނަމުގައެވެ.

 

’ބޮޑު ރޯދަވީއްލުން‘ ނުވަތަ ’ކޮމިއުނިޓީ އިފްތާރު’ގެ ފުރަތަމަ ރޯދަވީއްލުން ބޭއްވިފައިވަނީ މި ރަމަޟާން މަހުގެ ފުރަތަމަ ހުކުރުކަމަށްވާ ރަމަޟާން މަހުގެ 2ވަނައަށް ވީ ދުވަހުއެވެ.

 

މި ރަމަޟާން މަހު އުރީދޫ ޕްރީޕެއިޑް، ޕޯސްޓްޕެއިޑް އަދި ސުޕަނެޓްގެ ހުރިހާ ކަސްޓަމަރުންނަށް ކޮންމެ ދުވަހަކު ވެސް ހަދިޔާއެއް ލިބުމުގެ ފުރުސަތު ލިބިގެންދާނެއެވެ. އުރީދޫ އެޕްގައި ހިމަނާފައިވާ ހަދިޔާ ފޮށިން ކަސްޓަމަރުންނަށް ލިބޭ ހަދިޔާތަކުގެ ތެރޭގައި ސްކޫޕީ ސައިކަލެއް، އައިފޯން 14 ޕްރޯ، 65″ ޓީވީ، ހޯމްޕޮޑް މިނީ، 1 ޓީބީ އާ ހަމައަށް ހިލޭ ޑޭޓާ ގެ އިތުރުންވެސް ހާއްސަ ހަދިޔާތަކެއް ހިމެނެއެވެ.

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button