
”ބިންވެރިޔާ“ ސްކީމްގެ ދަށުން ގޯތި ދޫކުރުމުގައި ކޮރަޕްޝަންގެ އަމަލުތަކެއް ހިންގާފައިވާ ކަމަށް ތުހުމަތުކުރެވޭ މައްސަލައިގައި ފުރުން މަނާ ކުރި ނުވަ މީހެއްގެ ޕާސްޕޯޓު ދޫކޮށްލައިފި އެވެ.
މީޑީޔާ ގްރޫޕަށް ފޮނުވި މެސެޖެއްގައި ފުލުހުން ބުނީ ގެ މައްސަލައާ ގުޅިގެން ޕާސްޕޯޓު ދޫކޮށްލި ނުވަ މީހުންގެ ތެރޭގައި ފަޒުލް އަދި ފަޒީލް ނުހިމެނޭ ކަމަށެވެ. އެ ނުވަ މީހުންގެ ޕާސްޕޯޓު ދޫކޮށްފައި ވަނީ ޕްރޮސެކިއުޓާރ ޖެނެރަލް (ޕީޖީ) އާ މަޝްވަރާކޮށް، ޕީޖީގެ ލަފާފުޅުގެ މަތިން ކަމަށް ވެސް ފުލުހުން ބުންޏެވެ.
ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން (ޕީސީބީ) އިން ވަނީ މިނިވަން ތަހުގީގަކަށް ފުރުސަތު ދިނުމަށް ފަޒުލް ހިމެނޭހެން އެޗްޑީސީގެ ޑިރެކްޓަރުން ސަސްޕެންޑްކޮށްފައެވެ. އޭގެ ދެތިން ދުވަސް ފަހުން ފަޒުލް މަގާމުން އިސްތިއުފާ ދެއްވިއެވެ. މިދިޔަ ހަފްތާގެ އާދިއްތަ ދުވަހު އެޗްޑީސީގެ އެމްޑީކަމަށް، ކުރީގެ ކޮންސްޓްރަކްޝަން މިނިސްޓަރު މައުރޫފް ޖަމީލް އައްޔަން ކުރެއްވިއެވެ.
”ބިންވެރިޔާ“ ސްކީމުގެ ދަށުން ގޯތި ނުލިބޭ ބަޔަކަށް، ގަވާއިދާ ހިލާފަށް ހައުސިން ޑިވޮލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ހުޅުމާލެއިން ގޯތިތަކެއް ދިން މައްސަލަ ފެންމަތިވެ, ފުލުހުން މިހާރު ވަނީ އެ މައްސަލައިގެ ޖިނާއީ ތަހުގީގެއް ފަށާފައެވެ. އަދި އެ މައްސަލައިގައި ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) ގެ ކުރީގެ އެމްޑީ އިބްރާހިމް ފަޒުލް ރަޝީދު އާއި އޭނާގެ ބޭބެ އެމްޑަބްލިއުއެސްސީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު މުހައްމަދު ފަޒީލް ރަޝީދު ހިމެނޭ ގޮތަށް 20 މީހެއްގެ ޕާސްޕޯޓު ހިފެހެއްޓި އެވެ.