ޚަބަރުކުޅިވަރު

މެސީގެ އިންތިޒާރު ނިމުމަކަށް، ކޮޕާ އެމެރިކާގެ ތަށި އާޖެންޓީނާއަށް

ސައުތް އެމެރިކާގެ އެންމެ ބޮަޑު ފުޓުބޯޅަ މުބާރާތް، ކޮޕާ އެމެރިކާގެ ތަަށި އާޖެންޓީނާއިން އުފުލާލައިފިއެވެ.

އާޖެންޓީނާއިން ކޮޕާ އެމެރިކާގެ ތަށި އުފުލާލާފައިވަނީ ފައިނަލްގައި ބްރެޒިލްއާއި ބައްދަލުކޮަށް، 1-0ގެ ނަތީޖާއިން މެޗް ކާމިޔާބު ކޮަށްގެންނެވެ. މިގޯލް މެޗްގެ 21 ވަނަ މިނިޓުގައި ކާމިޔާބު ކޮށްދީފައިވަނީ އާޖެންޓީނާގެ ފޯވަރޑް، ޑިމާރިއާއެވެ.

މިމެޗުގެ ކުރީކޮޅު އާޖެންޓީނާއިން ލީޑް ނެގުމުން، ބްރެޒިލްއިން ވަނީ ހަމަލާތައް އިތުރުކޮށްފައެވެ. އެގޮތުން ބްރެޒިލްއަށް ގޯލެއް ކާމިޔާބު ކުރުމަށް ރަނގަޅު ފުރުސަތުތަކެއް ލިބުނު ނަމަވެސް، އާޖެންޓީނާގެ ކީޕަރ ވަނީ ގޯލެއް ކާމިޔާބު ކުރުމުގައި ހުރަހަކަށް ވެފައެވެ.

ލިއޮނަލް މެސީގެ ފުޓުބޯޅަ ކެރިއަރުގައި މިއަދަކީ ތާރީޚީ ދުވަހެކެވެ. މިއަހަރުގެ ކޮޕާ އެމެރިކާ އަކީ، މެސީ އާޖެންޓީނާއަށް ކާމިޔާބުކޮށްދިން ފުރަތަމަ ބައިނަލްއަގުވާމީ މުބާރާތެވެ. މިމުބާރާތުގައި މެސީ ވަނީ މޮޅު ކުޅުމެއް ދައްކާ، މުޅި މުބާރާތުގެ މޮޅު ކުޅުންތެރިޔާ އަދި އެންމެ ގިނަ ގޯލް ޖެހި ކުޅުންތެރިޔާގެ މަގާމް ވެސް ހާސިލްކޮށްފައެވެ.

މީގެ އިތުރުން ފައިނަލް މެޗްގެ މޮޅު ކުޅުންތެރިޔަކަށް އާޖެންޓީނާގެ އޭންޖަލް ޑިމާރިއާ ހޮވުނުއިރު، މުޅި މުބާރާތުގެ މޮޅު ކީޕަރަކަށް ހޮވިފައިވަނީ އާޖެންޓީނާގެ ކީޕަރ މާޓިނޭޒްއެވެ. މާޓިނޭޒްވަނީ ސެމީ 3 ޕެނަލްޓީ ދިފާއުކޮށް، އާޖެންޓިނާ ފައިނަލަށް ގެންދިޔުމުގައި މުހިންމު ދައުރެއް އަދާކޮށްފައެވެ.

އާޖެންޓީނާއިން މިއަހަރުގެ ކޮޕާ އެމެރިކާގެ ތަށި ކާމިޔާބުކޮށްފައިވަނީ 29 އަހަރުގެ ދިގު އިންތިޒާރަކަށް ފަހުއެވެ. އާޖެންޓީނާއިން އެންމެ ފަހުން ކޮޕާ އެމެރިކާ ކާމިޔާބު ކުރީ 1993 ވަނަ އަހަރުއެވެ.

 

Leave a Reply

Your email address will not be published. Required fields are marked *

Back to top button