ޚަބަރުސިޔާސީ

ކެސީނޯއަކީ މުސްލިމުންނަށް ހުއްދަ ކަމެކޭ ނުބުނަން: މަހްލޫފް

ކެސީނޯއަކީ މުސްލިމުންނަށް ހުއްދަކަމެކޭ ވިދާޅުނުވާ ކަމަށް ޔޫތު މިނިސްޓަރ އަހުމަދު މަހުލޫފް ވިދާޅުވެއްޖެއެވެ.

މިނިސްޓަރ މަހްލޫފް ކުރައްވާފައިވާ ޓްވީޓެއްގައި ވިދާޅުވެފައިވަނީ ކެސީނޯއަކީ މުސްލިމުންނަށް ހުއްދަކަމެކޭ ނުބުނާ ކަމަށާއި، ޖުމްލަގޮތެއްގައި އިއްޔެގެ މަޖިލިސް ޖަލްސާގައި ވިދާޅުވީ އެކަމަށް މަޝްވަރާކުރެވެން ވާނެ ކަމަށެވެ. މަހުލޫފު ފާހަގަކުރެއްވި ގޮތުގައި ދައްކާވާހަކައިގެ އަސްލު އޮޅޭގޮތަށް، ހާއްސަކޮށް ދީނާގުޅޭ ކަންކަމުގައި، ބައެއް ފަރާތްތަކުން ވާހަކަ ފަތުރާ ކަމީ، އޭނާ ވަރަށް ދެރަވާ ކަމެކެވެ. 

މިނިސްޓަރ މަހްލޫފް މި ޓްވީޓް ކުރައްވާފައިވަނީ ”ސުކުން ޕްލޭ“ ނޫހުގައި ޖަހާފައިވާ އާޓިކަލް އަކަށް ރައްދު ދިނުމުގެ ގޮތުންނެވެ. އަންގާރަ ދުވަހު ރައްޔިތުންގެ މަޖިލީހުގައި ކާށިދޫ ދާއިރާގެ އިއްޒަތްތެރި މެންބަރު އަބްދު ޖާބިރު ކުރެއްވި ސުވާލަކާއި ގުޅިގެން ދެއްވި ޖަވާބުގައި މަހްލޫފް ވިދާޅުވީ ކެސީނޯ ހުޅުވުން ފަދަ މައްސަލަތަކާ ބެހޭ ގޮތުން މަޝްވަރާ ކުރެވެން ޖެހޭނެ ކަމަށެވެ.

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button