ޚަބަރުސިޔާސީ

ޕީއެންސީ ހަރުގެ ޖަލްސާއެއް މާދަމާ ރޭ!

ސަރުކާރު ހިންގާ ޕާޓީ، ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) އިން އިންތިޒާމުކޮށްގެން ބާއްވާ އެ ޕާޓީގެ ހަރުގެ ޖަލްސާއެއް މާދަން ރޭ އޮންނާނެކަމަށް އެ ޕާޓީން ބުނެފި އެވެ.

އެ ޕާޓީން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ 23 ޑިސެމްބަރު 2024
ވާ ހޯމަ ދުވަހުގެ ރޭ 08:45 ގައި އެ ޕާޓީގެ ވަރަށް ފޯރިގަދަ ހަރުގެ ޖަލްސާއެއް އޮންނާނެކަމަށެވެ.

މި
ޖަލްސާގައި ވީހާ ވެސް ގިނަ ފަރާތްތަކުން ބައިވެރިވުމަށް ވެސް އެ ޕާޓީން އެދިފައިވެއެވެ.

ޕީއެންސީ ހަރުގެ ޖަލްސާ އަކީ އެ ޕާޓީން ސިލްސިލާކޮށް އެ ޕާޓީގެ ހަރުގޭގައި ބާއްވަމުން އަންނަ ޖަލްސާއެކެވެ. މި ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުއިއްޒާއި، ދައުލަތުގެ އިސް މަގާމުތަކުގައި ތިއްބަވާ ފަރާތްތަކާއި، އަދި ރައްޔިތުންގެ މަޖިލީހުގައި އެ ޕާޓީ ތަމްސީލު ކުރައްވާ މެމްބަރުން ވެސް ބައިވެރިވެވަޑައިގެން ވާހަކަފުޅު ދައްކަވައެވެ.

މި ޖަލްސާތަކަށް އާންމުންގެ ބޮޑު ތަރުހީބެއް ލިބެމުންދާކަން
ވެސް ފާހަގަކޮށްލެވެއެވެ.

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button