
އިކޮނޮމިކް ރިފޯމް އޮފީހުގެ ކޮމިޝަނަރ އޮފް ރިފޯމްގެ މަގާމަށް އަސްމާ ޝަފީޢު އައްޔަންކޮށްފިއެވެ.
އިކޮނޮމިކް ރިފޯމް އޮފީހަކީ ދައުލަތުގެ މާލީ ނިޒާމު ހަރުދަނާ ކުރުމުގެ ގޮތުން ކުރިއަށްގެންދާ މަސައްކަތްތަކުގެ ތެރެއިން، ދައުލަތުގެ އެކިއެކި ދާއިރާތައް ރިފޯމް ކުރުމާބެހޭ މަސައްކަތްތައް ހަލުވި ކުރުމަށްޓަކައި ގާއިމްކުރައްވާފައިވާ އޮފީހެކެވެ.
މި އޮފީހުގެ ކޮމިޝަނަރުގެ މަގާމަށް އަސްމާ ހޮވިފައިވާއިރު، އޭނާ ރިޕޯޓުކުރަން ޖެހޭނީ މާލީ ވަޒީރުގެ އެޑްވައިޒަރަށާއީ ސީދާ ވަޒީރަށެވެ. ދެ އަހަރުގެ ކޮންޓްރެކް އެމަގާމަށް އަސްމާ ހޮވިފައިވާއިރު، އެމަގާމުގައި ރާއްޖޭގެ އިގްތިސާދު އިތުރަށް ހަރުދަނާ ކުރުމަށްޓަކައި ރާއްޖެއާއި ރާއްޖެން ބޭރުގެ ކަމާ ބެހޭ ފަރާތްތަކާ ގުޅުން ބަދަހިކޮށް، ބައިނަލްއަގްވާމީ ގޮތުން ހެދިފައިވާ އުސޫލުތަކާ އެއް ގޮތްވާގޮތުގެ މަތިން ރާއްޖޭގެ އެކި ދާއިރާތައް ރިފޯމްކުރުމަށް ދޭންޖެހޭ ލަފައާއި އިރުޝާދުތައް މިނިސްޓަރަށާއި، މިނިސްޓަރުގެ އެޑްވައިޒަރަށް ދޭން ޖެހޭނެ އެވެ.