ސިޔާސީ

ސޯލިހްގެ މައްޗަށް ޖިނާއީ ތަހުޤީގެއް ހިންގަން މަޖިލީހުން ފާސްކޮށްފި

ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ޞާލިހްގެ ސަރުކާރުން ގެއްލުމުގެ ބަދަލުގެ ގޮތުގައި ގިނަ އަދަދެއްގެ ބަޔަކަށް ބަދަލުދިން މައްސަލައާ ގުޅިގެން ޞާލިޙްގެ މައްޗަށް ޖިނާއީ ތަޙުޤީޤެއް ހިންގުމަށް ޕްރޮސެކިއުޓަރ ޖެނެރަލް (ޕީޖީ)އަށް ލަފާ ދިނުމަށް ފާސްކޮށްފިއެވެ.

މާލިއްޔަތު ކޮމިޓީން ދިރާސާކޮށް ތައްޔާރުކުރި ރިޕޯޓު މަޖިލީހުން ފާސްކޮށްފައިވަނީ 55 މެންބަރުންގެ ވޯޓުންނެވެ. 11 މެންބަރުން ވޯޓުދެއްވާފައިވަނީ މި ރިޕޯޓާ ދެކޮޅަށެވެ.

މާލިއްޔަތު ކޮމިޓީން ނިންމާފައިވަނީ ކުރީގެ ރައީސް ޞާލިޙްގެ އިތުރުން ކުރީގެ އިކޮނޮމިކް މިނިސްޓަރު އަދި އެމްޑީޕީގެ ޗެއަރޕާސަން ފައްޔާޒް އިސްމާޢީލް، އަދި ރައީސް އޮފީހުގެ ކުރީގެ މިނިސްޓަރު ޢަލީ ޝިޔާމްގެ މައްޗަށްވެސް ތަޙުޤީޤު ހިންގުމަށެވެ.

ކޮމިޓީން ވަނީ މި ތިން ބޭފުޅުންނާމެދު ޖިނާއީ ތަޙުޤީޤެއް ހިންގުމަށް ޕީޖީއަށް ލަފާ އެރުވުމަށް ފާސްކޮށްފައެވެ. އަދި މި ތަޙުޤީޤުން ޖިނާއީ ދަޢުވާކުރެވޭ މިންވަރަށް ހެކި ހޯދިއްޖެނަމަ ދަޢުވާކުރުމަށް ދެންނެވުމަށްވެސް ފާސްކޮށްފައިވެއެވެ.

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button