ޚަބަރު

ސްޓެލްކޯ ކުޑަކުދިންގެ ހަވީރު މާދަމާ!

ސްޓެލްކޯ އިން މާދަމާ ކުޑަކުދިންނަށް ޚާއްޞަ ކޮށްގެން މަޖާ ކުޅިވަރުތަކާއެކު، ހަވީރެއް ބޭއްވުމަށް ހަމަޖެހިފައިވާ ކަމަށް އެ ކުންފުނިން ބުނެފިއެވެ.

ސްޓެލްކޯއިންް އެކްސްގައި ކުރި ޕޯސްޓެއްގައި ބުނެފައިވާ ގޮތުގައި މި ހަވީރަކީ ވޭތުވެދިޔަ 6 މަސް ދުވަހު ސްޓެލްކޯ ބިޒްނަސް ސެންޓަރު އިމާރާތް ކުރުމުގެ މަސައްކަތުގައި ބުރަކޮށް މަސައްކަތްކުރި މުވައްޒަފުންގެ ހިތްވަރާއި ޖޯޝު އަދި މަސައްކަތުގެ ނަމޫނާ އަޚްލާޤު ފާހަގަކުރުމުގެ ގޮތުން ބާއްވާ ހަވީރެކެވެ. މި ހަވީރަކީ އެ މުވައްޒަފުންގެ ހުނަރުވެރިކަން އެ މުވައްޒަފުންގެ ޢާއިލާތަކަށް ދައްކާލުމުގެ ފުރުސަތު ލިބިގެންދާކަމެއްކަމަށް ވެސް އެ ކުންފުނިން ބުނެފައިވެއެވެ.

މި ހަވީރު ބޭއްވުމަށް ހަމަޖެހިފައިވަނީ 6 ޑިސެމްބަރު 2024 ވާ ހުކުރު ދުވަހުގެ ހަވީރު 16:00 އިން 18:00 އަށް އަދި ރޭގަނޑު 20:00 އިން 21:30 އަށް ސްޓެލްކޯ ބިޒްނަސް ސެންޓަރު އިމާރާތުގައެވެ.
ސްޓެލްކޯގެ މުވައްޒަފުންގެ ކުޑަކުދިން ނޫނަސް މި ހަވީރުގައި ބައިވެރިޮވެވޭނެކަމަށް ވެސް ސްޓެލްކޯއިން ވަނީ ބުނެފައެވެ.

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

އިތުރު ކިޔާލުމަށް
Close
Back to top button