މި އަހަރު އަލަށް 100 ގެސްޓް ހައުސް ހުޅުވައިފި!
މިއަހަރު މުޅިން އަލަށް 100 ގެސްޓް ހައުސް ހުޅުވައި ހިދުމަތް ދޭން ފަށާފައިވާ ކަމަށް ފަތުރުވެރިކަމާއި ބެހޭ ވުޒާރާއިން ހާމަކޮށްފި އެވެ.
އެ މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި މިއަހަރު ފެށުނުއިރު 809 ގެސްޓް ހައުސްތަކާއެކު ގެސްޓް ހައުސްތަކުގެ ބެޑް ކެޕޭސިޓީ އުޅުނީ 13،657 ގައެވެ. އެހެން ނަމަވެސް އަލަށް ހުޅުވި 100 ގެސްޓް ހައުސް އާއި އެކީ މިހާރު ހިންގަމުން އަންނަ ގެސްޓް ހައުސްތަކުގެ އަދަދު 909 އަށް އަރައި، ބެޑް ކެޕޭސިޓީ އުޅެނީ 15،325 ގައި ކަމަށް ތަފާސްހިސާބުތަކުން ދައްކައެވެ.
މިއަހަރުގެ ޑިސެމްބަރު މަހުގެ 3 ވަނަ ދުވަހާއި ހަމައަށް ފަތުރުވެރިކަމުގެ ދާއިރާގެ ބެޑް ކެޕޭސިޓީ އުޅެނީ 62،864 ގައެވެ. މީގެ ތެރެއިން 42،539 އަކީ ރިސޯޓުތަކުގެ ބެޑް ކެޕޭސިޓީއެވެ. ދެވަނަ އަށް އެންމެ ގިނަ ބެޑް ކެޕޭސިޓީ ގެސްޓް ހައުސްތަކުގައި ހުރިއިރު، ހޮޓެލްތަކުގައި 1،956 އަދި ސަފާރީތަކުގެ ބެޑް ކެޕޭސިޓީއަކީ 3،044 އެވެ.