ޚަބަރު
މާލޭގެ ގެއެއްގެ ތެރޭ މަރުވެފަ އޮތް މީހަކު ފެނިއްޖެ
މާލެ ސިޓީގެ ގެޔަކުން މަރުވެފަ އޮތް ފެނިއްޖެއެވެ.
ފުލުހުން ބުނީ ގުލާބީ މަގުގައި ހުރި ގެއެއްގެ ތެރޭގައި ހަބަރު ހުސްވެފައި އޮތް މީހަކު އޮތް ކަމުގެ ރިޕޯޓް ލިބިފައިވާކަމަށާއި އެމީހާ އައިޖީއެމް ހޮސްޕިޓަލަށް ގެންދެވުނު އިރުވެސް ނިޔާވެފައި ވާކަމަށް ހޮސްޕިޓަލުން މަޢުލޫމާތު ދެއްވާފައިވާކަމަށެވެ.
ފުލުހުން އިތުރަށް ބުނީ ނިޔާވެފައި އޮއްވާ ފެނުނު މީހާއަކީ މއ. ހުދު އަކިރި އަބްދުﷲ ހަސަން (53އ) އެވެ.
އަދި މީގެ އިތުރުން ނިޔާވެފައި އޮތް މީހާގެ ހަށިގަނޑުގެ ބޭރުފުށުން އެއްވެސް އަނިޔާއެއް ލިބިފައިވާކަމުގެ ނިޝާނެއް ފެންނަން ނެތް ކަމަށް ހޮސްޕިޓަލުން މަޢުލޫމާތު ދެއްވާފައިވާކަމަށް ފުލުހުން ބުނެފައިވެއެވެ.
ފުލުހުން ގެންދަނީ މިމައްސަލަ އިތުރަށް ތަހުޤީޤު ކުރަމުންނެވެ.