ޚަބަރުސިޔާސީ

އެމްޑީޕީ ސަރުކާރުން ޕްރޮޖެކްޓް ނުހިންގާ އެޑްވާންސް ފައިސާ ބަހާލި: ޒަމީރު

ރާއްޖެ އޮތީ ދަރަނިވެރި ހާލަތެއްގައި ކަމަށާއި ރައްޔިތުން ބޭނުންވާ ޕްރޮޖެކްޓްތައް ހިންގާނަމަ ބަނގުރޫޓު ވެދާނެ ކަމުގެ ބިރު އޮތް ނަމަވެސް މިހާރު އެ ހާލަތުން އަރައިގަނެވިފައިވާކަމަށް ފިނޭންސް މިނިސްޓަރ މޫސާ ޒަމީރު ވިދާޅުވެއްޖެ އެވެ.

ޒަމީރު މިފަދައިން ވިދާޅުވެފައި ވަނީ މިއަދު ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއަށް ވަޑައިގެން ދެއްކެވި ވާހަކަފުޅުގައެވެ.

މިނިސްޓަރ ވިދާޅުވީ މި ސަރުކާރުން ވެރިކަމާ ހަވާލުވިއިރު، 124 ބިލިއަން ރުފިޔާގެ ދަރަންނެއް ދައުލަތުގެ އޮތްކަމަށެވެ. މިނިސްޓަރު ޒަމީރު ވިދާޅުވީ އޭގެތެރެއިން ދެބައިކޮށްފައި އެއްބަޔަކީ މިދިޔަ ސަރުކާރުގެ ދަރަނި ކަމަށާއި އަނެއް ބަޔަކީ އޭގެ ކުރީގެ ސަރުކާރުތަކުގެ ދަރަނި ކަމަށެވެ.

ކުރިން އައިއެމްއެފް އިން ރާއްޖެ ބަނގުރޫޓު ވެދާނެކަމަށް ދެއްކެވި ވާހަކަތަކަށް ނިމުމެއް އައިސްފައިވާ ވާހަކަ ފާހަގަކުރައްވާ މިނިސްޓަރ ވިދާޅުވީ އެކަން އެގޮތައް ވެ ނިމުނީ ރައީސް ޑރ މުހައްމަދު މުއިއްޒުގެ ބުރަ މަސައްކަތްޕުޅުގެ ސަބަބުން ކަމަށެވެ.

ކުރީ ސަރުކާރުގައި ދަރަނިތައް ނަގައި ޕްރޮޖެކްޓްތައް ހިންގާފައި ނުވާކަމަށް ވިދާޅުވެ މިނިސްޓަރ ވަނީ ވަރަށް ބޮޑަށް ފާޑު ވިދާޅުވެފައެވެ.

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

އިތުރު ކިޔާލުމަށް
Close
Back to top button