ޚަބަރުސިޔާސީ

އޭޕީއާރްއެފްއެޗްއީ ގައި ރާއްޖެއިން ބައިވެރިވަނީ

އޭޝިޔާ ޕެސިފިކް ރީޖަނަލް ފޯރަމް އޮން ހެލްތު އެންޑް ދަ އެންވަޔަރަންމަންޓް ( އޭޕީއާރްއެފްއެޗްއީ) ގެ މެންބަރު ގައުމެއްގެ ގޮތުގައި ރާއްޖެއިން ބައިވެރިވުމަށް ވަޒީރުންގެ މަޖިލީހުން ނިންމައިފިއެވެ.

އިއްޔެ ބޭއްވި ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުމުގައި މި ގޮތަށް ނިންމަވާފައިވަނީ، މިނިސްޓްރީ އޮފް ހެލްތުގެ ހުށައެޅުމަކާ ގުޅިގެންނެވެ.

އޭ.ޕީ.އާރް.އެފް.އެޗް.އީގެ މެންބަރަކަށް ވުމުން ދިވެހިރާއްޖެއަށް ކުރާނެ ފައިދާތަކުގެ ތެރޭގައި، ފޯރަމްގެ މެމްބަރު ގައުމުތަކާ ގުޅުން ބަދަހިވެ، ސިއްޙަތާއި ތިމާވެއްޓާ ގުޅުންހުރި ސިޔާސަތުތަކާއި ގައުމީ ޕްލޭންތައް އެކުލަވާލުމާއި ތަންފީޒުކުރުމަށް ސަރަޙައްދީ އެއްބާރުލުން ލިބުމާއި، ރާއްޖޭގެ ތިމާވެއްޓާއި ސިއްހަތަށް ކުރާ ނޭދެވޭ އަސަރުތައް ކުޑަކުރުމަށް ވަކާލާތު ކުރުމާއި، ސަރަހައްދީގޮތުން އެކުގައި މަސައްކަތް ކުރުމުގެ ފުރުސަތު ލިބުން ހިމެނެއެވެ.

މީގެއިތުރުން، ސިއްހީ އަދި ތިމާވެށީގެ ދާއިރާއިން ޚިދުމަތް ދިނުމުގައި ޑިޖިޓަލް ހެލްތު ބޭނުންކުރުމުގެ ލުއިފަސޭހަކަން ލިބި ފަންނީ އެހީތެރިކަން ހޯދުމަށް މަގުފަހި ވެގެންދާނެއެވެ.

ފޯރަމްގެ ނޮލެޖު ނެޓްވޯކުގެ ޒަރިއްޔާއިން ދިރާސީ މަސައްކަތްތަކަށް އެހީތެރިކަން ލިބި، ތިމާވެއްޓަށް ބޭރުކުރާ ވިހަ މާއްދާތަކުގެ ސަބަބުން ތިމާވެށި ތަގައްޔަރުވުމާއި މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން އާންމު ސިއްހަތަށް ހުރި ނުރައްކާތައް ވަޒަންކޮށް މިންކުރުމާއެކު މި ދެ ދާއިރާއިން އެއް މަންސައެއްގައި، ވަށާޖެހޭގޮތަކަށް ލަނޑުދަނޑި ހާސިލުކުރުމަށް މަސައްކަތްކުރެވޭނެއެވެ. އަދި ފަންނީ ތަމްރީނުތައް ހޯދުމުގެ ފުރުސަތު ބޮޑުވެ، މި ކަމަށް ބާރުއެޅޭނެ ކަމަށް ރައީސް އޮފީހުން ބުނެއެވެ.

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

އިތުރު ކިޔާލުމަށް
Close
Back to top button