ޚަބަރު

ވިއްސާރާގައި ލިބުނު ގެއްލުން މިލިއަނަކަށްވުރެ އިތުުރު!

މިދިޔަ ހަފްތާ ތެރޭގައި ކުރި ވިއްސާރާގައި ލިބުނު ގެއްލުން މިލިއަނަކަށް ވުރެ އިތުރުކަމަށް ނޭޝަނަލް ޑިޒާސްޓާ މެނޭޖްމެންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ބުނެފިއެވެ.

އެ އިދާރާ އިން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ، ވިއްސާރާގައި ގެއްލުން ލިބިގެން ނިމިދިޔަ މަހުގެ 30 ވަނަ ދުވަހުގެ ނިޔަލަށް 10 ރަށަކުން ރިޕޯޓްކޮށްފައިވާކަމަށެވެ.

އެ ރަށްތަކަކީ:

– ހދ. ނެއްލައިދު
– ނ. މާފަރު
– ރ. ރަސްމާދޫ
– ދ. ބަނޑިދޫ
– ދ. ހުޅުދެލި
– ގދ. މަޑަވެލި
– ސ. ފޭދޫ
– ސ. ހުޅުދޫ
– ސ. މަރަދޫފޭދޫ

މި 10 ރަށުން، 110 ގެއަކަށް އެކި ވަރުގެ ގެއްލުން ލިބިގެން އެހީއަށް އެދި ފޯމު ހުށަހަޅާފައިވާ ކަމަށް ވެސް އެންޑީއެމްއޭ އިން ބުނެފައިވެއެވެ. މި ހާދިސާތަކާ ގުޅިގެން ގޭގޭގައި ހިފައިގެންގުޅޭ ތަކެއްޗަށާއި އިމާރާތްތަކަށް ލިބުނު ގެއްލުމުގެ ޖުމްލަ އަގު 1.1 މިލިއަން ރުފިޔާއަށް އަރާ ކަމަށް އެންޑީއެމްއޭ އިން ބުނެފައިވެއެވެ. އޭގެއިތުރުން އެންޑީއެމްއޭ އިން ބުނީ އެ ގެތަކަށް ލިބުނު ގެއްލުން ވަޒަންކޮށް، ކާރިސާތަކުގައި އިންސާނީ އެހީތެރިކަން ފޯރުކޮށްދިނުމާއި ކާރިސާތަކުން ލިބޭ ގެއްލުންތަކަށް އެހީދިނުމާ ބެހޭ ގަވާއިދުގެ ދަށުން އެހީތެރިކަން ފޯރުކޮށްދިނުމަށް މިހާރު ހުށަހަޅާފައިވާ ކަމަށެވެ.

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

އިތުރު ކިޔާލުމަށް
Close
Back to top button