ޚަބަރު
ސްޓެލްކޯއިން އިސްލާމީ މަރުކަޒުގެ މުންނާރުގެ މަސްފެންގަނޑު މަރާމާތުކޮށް ނިންމައިފި
ސްޓެލްކޯއިން އިސްލާމީ މަރުކަޒުގެ މުންނާރު ތިރީގައި ހަދާފައި ހުރި މަސްފެންގަނޑު މަރާމާތުކޮށް އިސްލާމިކް މިނިސްޓްރީއާ ހަވާލުކޮށްފިއެވެ.
މިއީ ސްޓެލްކޯގެ ސީއެސްއާރުގެ ދަށުން ދަށުން މިދިޔަ މަހުގެ ތެރޭގައި ފެށި މަސައްކަތެކެވެ.
މި މަސައްކަތުގެ ނިމުން ފާހަގަކުރުމަށް މަރުކަޒު ގޯތިތެރޭގައި ބޭއްވުނު ހަފްލާގައި، އެ މަސައްކަތް ނިމުނުކަމުގެ ލިޔުން އިސްލާމިކް މިނިސްޓަރ ޑރ. މުހައްމަދު ޝަހީމް އަލީ ސައީދާ ހަވާލުކޮށްދެއްވީ ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރ ހުސައިން ފަހުމީއެވެ.
މިކަމާ ގުޅޭގޮތުން ފަހުމީ ވިދާޅުވިގޮތުގައި އެތަނުގެ މަރާމާތުގެ މަސައްކަތް ފެށީ އެ ލޭންޑްމާކްގެ ރީތިކަން އަނބުރާ ގެނައުމަށެވެ.