ޚަބަރުސިޔާސީ

އެފްއެސްއެމްގެ މުވައްޒަފުންތަކެއް ތެލުން ވައްކަންކޮށް، މަނީ ލޯންޑާކުރި މައްސަލައެއް ފެންމަތިވެއްޖެ

ފިއުލް ސަޕްލައިސް މޯލްޑިވްސް (އެފްއެސްއެމް)ގެ މުވައްޒަފުންތަކެއް އެ ކުންފުނީގެ ތެލުން ވައްކަންކޮށް، އެ ތެޔޮ ވިއްކައިގެން ލިބުނު ފައިސާ ލޯންޑާކުރި ކަމަށް ޝައްކު ކުރެވޭ މައްސަލައެއް ބަލަން ފަށައިފިއެވެ.

ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓަރު އަލީ އިހުސާން މިރޭ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، އެފްއެސްއެމްގެ މުވައްޒަފުންތަކެއް އެ ކުންފުނީގެ ތެލުން ވައްކަންކޮށް، އޭގެން ލިބޭ ފައިސާ ލޯންޑާކުރަމުން ދާ ކަމަށް ޝައްކު ކުރެވޭ މައްސަލައެއް ފުލުހުން ތަހުގީގުކުރަމުންދާ ކަމަށެވެ.

އެ ތަހުގީގުގެ ތެރެއިން ފުލުހުންގެ ހާއްސަ ޓީމުތަކުން މިހާތަނަށް 10 މީހުންނާއި ދެ ގެއެއް އަދި ތެޔޮ އުފުލާ ދެ ބާޖު ބަލައި ފާސްކޮށް، މައްސަލައާ ގުޅުންހުރި އިލެކްޓްރޯނިކް ސާމާނާއި ލިޔެކިޔުން ވެސް ހޯދާފައިވާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރ އިތުރަށް ވިދާޅުވީ ތަހުގީގު ކުރިއަށް ދާ ވަރަކުން ފުލުހުންގެ ފަރާތުން އެ މައްސަލައާ ގުޅޭ އިތުރު ތަފްސީލު ހާމަކުރާނެ ކަމަށެވެ.

އެފްއެސްއެމްގެ ތެރެއިން މިފަދަ ކޮރަޕްޝަންގެ މައްސަލައެއް ބަލަމުން އަންނަ އިރު ދާދި ފަހުން އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރުގެ މަގާމު ފުރަމުންދިޔަ ސުހައިލް ޗަނީ އިސްތިއުފާ ދެއްވާފައެވެ.

Leave a Reply

Your email address will not be published. Required fields are marked *

އިތުރު ކިޔާލުމަށް
Close
Back to top button