ވިޔަފާރި

ގުރޭންޑް ވިއުގެ ތަފާތު ރަހަތައް އަނެއްކާވެސް ކަސްޓަމަރުންނާއި ހަމައަށް

މާލޭގެ ލޮކްޑައުން އުވާލުމާއި ގުޅިގެން ގުރޭންޑް ވިއު ރެސްޓޯރަންޓް އާންމުންނަށް ހުޅުވާލައިފިއެވެ.

ގްރެންޑް ވިއުއިން މިފަހަރު މިވަނީ ކަސްޓަމަރުންނަށް ތަފާތު ހިދުމަތެއް ތައާރަފު ކޮށްފައެވެ. އެގޮތުން އެ ރެސްޓޯރެންޓުން މިފަހަރު މިވަނީ މުޅިން އަލަށް ބުފޭގެ ހިދުމަތް ތައާރަފު ކޮށްފައެވެ. މި ހިދުމަތުގެ ދަށުން  ބުރެކްފާސްޓް ބުފޭ އެ ރެސްޓޯރެންޓުން ލިބެން ހުންނާނެއެވެ.

އެ ރެސްޓޯރެންޓުން ބުނި ގޮތުގައި ބުފޭގެ ހިދުމަތް ދޭން ފެށީ ކަސްޓަމަރުންގެ އެދުމުގެ މަތިންނެވެ. މިކަމުގެ ސަބަބުން އެ ރެސްޓޯރެންޓު ކައިރީގައި ހުރި އޮފީސްތަކުގެ މުވައްޒަފުންނަށް އެ ބޭފުޅުންގެ ބުރޭކް ގަޑީގައި ގްރޭންޑް ވިއުގެ ރަހަމީރު ކެއުންތަކުން ބަނޑު ފުރާލުމުގެ ފުރުސަތު ލިބިގެން ދާނެއެވެ.

ބްރެކްފާސްޓް ބުފޭގެ ހިދުމަތް ހެނދުނު 6:00 އިން 10:30 އާއި ހަމައަށް ލިބެން ހުންނާނެއެވެ. އަދި ކުރިޔަށް އޮތްތަނުގައި ލަންޗު އަދި ޑިނާ ބުފޭވެސް ކުރިޔަށް ދާނެކަމަށް އެ ރެސްޓޯރަންޓުން ބުންޏެވެ.

މީގެ އިތުރުން ބުފޭގެ ހިދުމަތް ދޭން ފެށިކަމުގައި ވީނަމަވެސް އަލާކާޓް މެނޫގެ ދަށުންވެސް ގުރޭންޑް ވިއުގެ ރަހަމީރު ކެއުންތައް ކަސްޓަމަރުންނަށް ލިބެން ހުންނާނެއެވެ.

ގްރޭންޑު ވިއު ހުންނާނީ ދުވާ ޓްރެކް ސަރަހައްދުގައެވެ.

Leave a Reply

Your email address will not be published. Required fields are marked *

Back to top button