ޚަބަރު
އަންހެނެއްގެ ފޭސްބުކް ހެކްކޮށްގެން މީހުންގެ އަތުން ފައިސާ ހޯދަމުންދާ މައްސަލައެއް ތަހުގީގު ކުރަނީ
އަންހެނެއްގެ ފޭސްބުކް އެކައުންޓް ހެކްކޮށްގެން މީހުންނަށް މެސެޖުކޮށް ފައިސާ ހޯދަމުންދާ މައްސަލައެއް ފެންމަތިވުމާއި ގުޅިގެން، މައްސަލަ ބަލަން ފަށައިފިއެވެ.
ފުލުހުން މީޑިއާ ގްރޫޕަށް ފޮނުވި މެސެޖެއްގައި ބުނީ އަންހެން މީހާގެ ނަމުގައި އެހެން މީހުންގެ އަތުން ފައިސާ ހޯދަމުންދާ މައްސަލަ އެ އިދާރާއަށް ރިޕޯޓުކޮށްފައިވަނީ އިއްޔެކަމަށެވެ.
ފުލުހުން ބުނެފައި ވަނީ ފުލުހަކާއި އިސްލާމިކް ބޭންކްގައި މަސައްކަތް ކުރާ ފުލުސް މީހާގެ އަނބިމީހާ ގުޅިގެން ސްކޭމެއް ހިންގާ ކަމަށް ބުނެ މީހަކު އެކްސްގައި ޕޯސްޓެއް ކޮށްފައި ވަނިކޮށެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި ހެކް ކޮށްފައި ވަނީ އެމްއައިބީގައި މަސައްކަތް ކުރާ ކަމަށް ބުނާ އަންހެން މީހާގެ ފޭސްބުކް އެކައުންޓެވެ.
މިމައްސަލަ ފުލުހުން އަންނަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.