ޚަބަރު
ބްރޯޑްކޮމްގެ މެމްބަރުކަމަށް ކުރިމަތިލުމުގެ ފުރުސަތު އަލުން ހުޅުވާލައިފި
ބްރޯޑްކާސްޓިންގ ކޮމިޝަންގެ މެމްބަރުކަމުގެ 2 މަގާމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.
މި މަހުގެ 18 ވަނަ ދުވަހު ކޮށްފައިވާ އިއުލާންކޮށް ރައީސް އޮފީހުން އަލުން ކޮށްފައިވާ އިއުލާންގައި ބުނެފައި ވަނީ ބްރޯޑްކޮމްގައި މިހާރު ތިއްބެވި މެންބަރުންގެ ތެރެއިން ދެ މެންބަރެއްގެ މުއްދަތު ހަމަވާތީ އެ ކޮމިޝަނަށް މެންބަރުން އައްޔަންކުރުމަށް މެންބަރުކަމަށް ކުރިމަތިލުމުގެ ފުރުސަތު ޑިސެމްބަރު ނުވަ ވަނަ ދުވަހުގެ މެންދުރު 12:00 އާ ހަމައަށް ހުޅުވާލާފައިވާކަމަށެވެ.
މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަނުގެ މެންބަރުކަމުގެ މަޤާމަށް ކުރިމަތިލުމުގެ އަލުން ހުޅުވާލީ ބްރޯޑްކާސްޓިން ކޮމިޝަންގެ ރައީސް މަރިޔަމް ވަހީދާ އާއި ކޮމިޝަންގެ މެމްބަރު އަލީ ޔޫސުފްގެ ދައުރު ހަމަވާތީ އެވެ.