ޚަބަރު

އަންނަ އަހަރަށް ކަނޑައަޅާފައިވާ ބަޖެޓް މަޖިލީހުން ފާސްކޮށްފި

އަންނަ އަހަރަށް ކަނޑައަޅާފައިވާ ބަޖެޓް މަޖިލީހުން ފާސްކޮށްފި

އަންނަ އަހަރަށް ލަފާކޮށް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ 56.6 ބިލިއަން ރުފިޔާގެ ބަޖެޓު މިއަދު ފާސްކޮށްފި އެވެ.

މަޖިލީހުގެ ޖަލްސާގައި ބަޖެޓު ފާސްކުރީ 70 މެންބަރުންގެ ވޯޓާއެކު އެވެ. ބަޖެޓާ ދެކޮޅަށް 11 މެންބަރުން ވޯޓު ދެއްވި އެވެ. މި އަހަރަށް ފާސްކުރި 5.1 ބިލިއަން ރުފިޔާގެ ސަޕްލިމެންޓަރީ ބަޖެޓާ އެކު މި އަހަރުގެ ޖުމުލަ ބަޖެޓަކީ 55 ބިލިއަން ރުފިޔާ އެވެ. އެހެންކަމުން އަންނަ އަހަރަށް ލަފާކޮށްފައިވަނީ މި އަހަރަށް ވުރެ 1.6 ބިލިއަނެއްހާ ރުފިޔާ ބޮޑު ބަޖެޓެކެވެ.

ބަޖެޓުގެ ޖުމުލަ ހަރަދަކީ 49.2 ބިލިއަން ރުފިޔާއެވެ. އެއީ، ރިކަރަންޓް ޚަރަދުގެ ގޮތުގައި 35.9 ބިލިއަން ރުފިޔާއާއި ކެޕިޓަލް ހަރަދުގެ ގޮތުގައި 13.3 ބިލިއަން ރުފިޔާއެވެ. އަންނަ އަހަރުގެ ޖުމުލަ އާމްދަނީއާއި ހިލޭ އެހީ 39.8 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށްވަނީ އަންދާޒާކޮށްފަ އެވެ. އެއީ، ހިލޭ އެހީގެ ގޮތުގައި 2.5 ބިލިއަން ރުފިޔާ ހިމަނައިގެންނެވެ.

މިބަޖެޓާ ދެކޮޅަށް އިދިކޮޅު އެމްޑީޕީގެ މެމްބަރުން ބަހުސްކޮށްފައި ވީނަމަވެސް ބަޖެޓް އެކުލަވާލާފައިވަނީ ވަރަށް ބޮޑެތި ދިރާސާތައް ކުރުމަށްފަހު ބަޖެޓްގެ ބޭނުން ރަނގަޅުގޮތުގައި ހިފާ ބަޖެޓުން ރައްޔިތުންނަށް ތަރައްގީ ގެ މަޝްރޫއުތައް ހިންގޭނެކަމުގެ ޔަގީންކަމާއެކުގައެވެ.
ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު އަންނަ އަހަރަށް ލަފާކުރާ ބަޖެޓް ހުށަހެޅީ 31 އޮކްޓޯބަރު ގަ އެވެ. އަދި ބަޖެޓަށް ބަހުސްކޮށް ނިމުނީ 16 ނޮވެމްބަރު، ގަ އެވެ.

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button