ޚަބަރު

އިއާދަކުރަނިވި ހަކަތައިގެ ސަބަބުން ރަކީދޫގައި ޖަނަރޭޓަރު ހިންގަންޖެހެނީ އެންމެ ދެ ގަޑިއިރު: ފަހުމީ

އިއާދަކުރަނިވި ހަކަތައިގެ ސަބަބުން ރަކީދޫގައި ޖަނަރޭޓަރު ހިންގަންޖެހެނީ އެންމެ ދެ ގަޑިއިރު: ފަހުމީ

ވ.ރަކީދޫގައި ގާއިމުކުރެވިފައިވާ އިއާދަކުރުވަނިވި ހަކަތައިގެ ސަބަބުން އެރަށުގައި ޖަނަރޭޓަރު ހިންގަން ޖެހެނީ ދުވާލަކު އެންމެ ދެ ގަޑިއިރު ކަމަށް ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރ ހުސައިން ފަހުމީ ވިދާޅުވެއްޖެއެވެ.

ފަހުމީ މިފަދައިން ވިދާޅުވެފައި ވަނީ އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ. އެގޮތުން ރަކީދޫއަށް ކަރަންޓު ފޯރުކޮށްދެނީ  ހައިބްރިޑް ޕީވީ-ބީއީއެސްއެސް-ޑީޖީ ސިސްޓަމް މެދުވެރިކޮށެވެ.

ސޯލާ އަދި ބެޓެރި ސްޓޯރޭޖުގެ ސަބަބުން ރަކީދޫގައި ކަރަންޓު ދިނުމަށް ޖަނަރޭޓަރު ހިންގަން ޖެހެނީ ދުވާލަކު އެންމެ ދެ ގަޑިއިރު ކަމަށް ފަހުމީ ވިދާޅުވިއެވެ.

ފަހުމީ ވަނީ ހަކަތައިގެ 33 ޕަސެންޓް އިޔާދަކުރަނިވި ހަކަތައަށް ހެދުމަށް  ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ކުރައްވަމުން ގެންދަވާ މަސައްކަތަށް ޝުކުރު އަދާކުރައްވާފައެވެ.

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

އިތުރު ކިޔާލުމަށް
Close
Back to top button