ޚަބަރު

ވަކިކުރަން އެޖެންޑާކުރުމުން، އޭސީސީގެ ނައިބު ރައީސް އަދި މެމްބަރު ތޯހާ އިސްތިއުފާދެއްވައިފި

ވަކިކުރަން އެޖެންޑާކުރުމުން، އޭސީސީގެ ނައިބު ރައީސް އަދި މެމްބަރު ތޯހާ އިސްތިއުފާދެއްވައިފި

ވަކިކުރުމުގެ މައްސަލަ އެޖެންޑާކޮށްފައިވަނިކޮށް އޭސީސީގެ ނައިބު ރައީސް އަބްދުއްސަލާމް އާއި އެ ކޮމިޝަންގެ މެމްބަރު ތޯހާ މުހައްމަދު މަގާމުން އިސްތިއުފާ ދެއްވައިފި އެވެ.

އެކަން ސަލާމް އަދި ތޯހާ ވެސް ވަނީ މީޑިޔާތަކަށް ކަށަވަރުކޮށްދެއްވާފައެވެ. ސަލާމާއި ތޯހާ ވަކިކުރުމަށް ގޮތެއް ނިންމުމަށް ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީން ދިރާސާއެއްކޮށްފައި ވަނީ އެ ފަރާތްތަކުގެ މައްޗައް ގިނަ ތުހުމަތުތަކެއް ކުރެވިގެންނެވެ.

އެ ދިރާސާގެ މައްޗަށް ކޮމިޓީން އެކުލަވާލި ރިޕޯޓް މިއަދުގެ ޖަލްސާގައި އެ ކޮމިޓީގެ މުގައްރިރު އަދި މާފުށީ ދާއިރާގެ މެންބަރު ހުސައިން ރިޒާ އާދަމް ވަނީ މަޖިލީހުގެ ތަޅުމަށް އިއްވަވައިދެއްވާފަ އެވެ.

ސަލާމަށް ކުރެވޭ ތުހުމަތުތަކުގެ ގޮތުގައި ފާހަގަކުރީ:

  • ކުރީގެ ބަންޑާރަނައިބެއްގެ މައްޗަށް ތުހުމަތުކުރެވުނު މައްސަލައެއްގައި ދައުވާ ކުރެވޭ ވަރަށް ހެކި ހުރިނަމަވެސް ދައުވާ ނުކުރެވޭނެ ކަމަށް ނިންމާ ފައިލް ކުރުމުގައި އިސް ދައުރެއް އަދާކޮށްފައިވުން.
  • ބިންވެރިޔާ މައްސަލަ އިތުރަށް ތަހުގީގުކުރުމަށް އިރުޝާދުދީފައި ވަނިކޮށް ސަލާމް އެ މައްސަލަ އިތުރަށް ތަހުގީގުކުރުމަށް ފުރުސަތު ނުދީ މައްސަލަ ހުއްޓުވާފައިވުން.
  • ރައްޔިތުންގެ މަސްލަހަތު ހިމެނޭ ބޮޑު ކަމެއްގައި އަމިއްލަ މަސްލަހަތު އިސްކޮށްފައިވުން.
  • އޭސީސީގެ އޮނިގަނޑު އިސްލާހުކޮށް, ފޮރެންސިކް ސެކްޝަން ހަދާ އެތަނުގެ ހެޑްއަކަށް ކުރިން އެތަނުގައި މަސައްކަތްކުރި ނައިބު ރައީސާއި އެ ކޮމިޝަންގެ އެހެން މެންބަރަކާ ގާތްގުޅުމެއް އޮންނަ ފަރާތެއްގެ ނެގުމުގައި އަމަލީ ގޮތުން މަސައްކަތް ކުރުން.
  • ވަކި ގޮތަކަށް މައްސަލަ ނިންމަން އެހެން މެންބަރުންނަށް ބާރު އަޅާ, މައްސަލާގައި ހެކި ހުރި ނަމަވެސް ބޭނުން ގޮތަކަށް މައްސަލަ ނިންމުން.
  • އަމިއްލަ މަސްލަހަތަށް ބަލާ, މައްސަލަތައް އެޖެންޑާކުރުން.

 ތޯހާއަށް ކުރެވޭ ތުހުމަތުތަކުގެ ގޮތުގައި ފާހަގަކުރީ:

  • އޭސީސީގެ މުވައްޒަފުން ވަކިކުރި މައްސަލަ ޓްރައިބިއުނަލްއިން ނިންމި ނިންމުން އޭސީސީން ހައިކޯޓުގައި އިސްތިއުނާފުކޮށްފައިވަނިކޮށް ތޯހާ ނުފޫޒުން އެ އިސްތިއުނާފު ބާތިލުކުރުމަށް އެދި ހައިކޯޓަށް ސިޓީ ފޮނުވާ އިސްތިއުނާފުގެ ދައުވާ ބާތިލުކުރުން.
  • އޭސީސީއަށް އަމަލުކުރަމުން ދިޔަ ގޮތާ ހިލާފަށް އެ މުވައްޒަފަށް ބަދަލު ނަގައިދިނުން.
  • ކުރީގެ ބަންޑާރަނައިބެއްގެ މައްޗަށް ތުހުމަތުކުރެވުނު މައްސަލައެއްގައި ދައުވާ ކުރެވޭ ވަރަށް ހެކި ހުރިނަމަވެސް ދައުވާ ނުކުރެވޭނެ ކަމަށް ނިންމާ ފައިލް ކުރުމުގައި އިސް ދައުރެއް އަދާކޮށްފައިވުން.
  • އޭސީސީގެ މެންބަރުން އެހެން މަގާމެއް އަދާކޮށްގެން ނުވާނެ ކަމަށް ގަނޫނުގައި ބުނާއިރު ލޯ ފާމެއްގައި މިހާރު ވެސް ތޯހާ ދަނީ މަސައްކަތްކުރައްވަމުން.

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button