ޚަބަރު

ތައިލެންޑުގެ ސަފީރު ކަމަށް ފުއާދު!

ތައިލެންޑުގެ ސަފީރު ކަމަށް ފުއާދު

ތައިލެންޑުގެ ސަފީރު ކަމަށް ފުއާދު ތައުފީގު އައްޔަންކުރުމާ ގުޅޭ މައްސަލަ ދިރާސާކުރުމަށް ހާރިޖީ ގުޅުންތަކުގެ ކޮމިޓީއަށް ފޮނުވައިފި އެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި އިދާރީ މޭޒުން ވަނީ ރައީސް ޑރ. މުހައްމަދު މުއިއްޒު, މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުالله އަށް ފޮނުއްވި ސިޓީފުޅުގައި އެ ކަމާ ގުޅޭގޮތުން ދިރާސާ ކުރުމަށްފަހު މަޖިލީހަށް ފެންނަ ގޮތެއް އަންގަވައިދެއްވުމަށް ވަނީ އެދިވަޑައިގެންފައެވެ.

އެންމެފަހުން އޭނާ ފުރުއްވާފައިވަނީ އިލެކްޝަންސް ކޮމިޝަން (އީސީ) ގެ ރައީސް ކަމުގެ މަގާމެވެ. މި މަގާމުގެ މުއްދަތު ހަމަވެފައިވަނީ މިދިޔަ ހޮނިހިރު ދުވަހެވެ. ފުއާދު އީސީގައި މަސައްކަތް ކުރައްވަން ފެއްޓެވީ 2008 ވަނަ އަހަރުގަ އެވެ. އެ ކޮމިޝަންގެ ރައީސްކަމުގެ މަގާމާ އޭނާ ހަވާލުވެވަޑައިގެންނެވީ 2009 ވަނަ އަހަރުގެ ސެޕްޓެމްބަރު 15 ވަނަ ދުވަހު އެވެ. އެއީ އިންތިގާލީ މަރުހަލާގެ ތެރޭގަ އެވެ.

ދެވަނަ ދައުރަކަށް، އީސީގެ ރައީސް ކަމަށް ފުއާދު އައްޔަންކުރެއްވީ 2021 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 15 ވަނަ ދުވަހު އެވެ. ކޮމިޝަނުގެ ރައީސަކަށް އައްޔަން ކުރެއްވިއިރު ވެސް، ފުއާދަކީ އެ ކޮމިޝަނުގެ މެންބަރެކެވެ.

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

އިތުރު ކިޔާލުމަށް
Close
Back to top button