އިސްރާއީލް ޕާސްޕޯޓް މަނާ ކުރާ ބިލްގެ މަސައްކަތް ގެންދާނީ ރޮކެޓް ސްޕީޑްގައި ކަމަށް ރައްޔިތުންގެ މަޖިލީހުގެ ވިލިމާލޭ ދާއިރާގެ މެންބަރު މުހައްމަދު އިސްމާއިލް ވިދާޅުވެއްޖެ އެވެ.
މުހައްމަދު އިސްމާއިލް މިފަދައިން ވިދާޅުވެފައި ވަނީ އިސްރާއީލް ޕާސްޕޯޓް ބޭން ކުރުން އިނބިލީހުގެ ކައިވެންޏައް ވެއްޖެ ކަމަށް ބުނެ އަލީ ރަޒީމް ކުރެއްވި ޕޯސްޓަކަށް ރައްދު ދެއްވާ އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ. އެ ބިލްގެ މަސައްކަތް ބާރަށް ކުރިއަށް ގެންދަވާނެ ކަމަށާއި މި ފެށޭ ހަފްތާގައި ރޮކެޓް ސްޕީޑަށް އެ ބިލްގެ މަސައްކަތް ގެންދަވާނެ ކަމަށް މެމްބަރު މުހައްމަދު ވިދާޅުވިއެވެ.
އިސްރާއީލް ޕާސްޕޯޓްގައި ރާއްޖެ އެތެރެވުން މަނާ ކުރުމުގެ ބިލާމެދު ގޮތެއް ނިންމުގެ މަސައްކަތް 241 ކޮމިޓީއިން ކުރަމުންދާއިރު އެންމެ ފަހުން ބޭއްވި ބައްދަލުވުމުގައި އެ ކޮމިޓީއިން ނިންމާފައިވަނީ ގޮތެއް ނިންމުމުގެ ކުރިން އިމިގްރޭޝަނުން ތަފާސްހިސާބުތައް ހޯދައި އެކި އިދާރާތަކާއި ޖަމިއްޔާތަކުން ދެކޭ ގޮތެއް ބެލުމަށެވެ.
ގިނަ ބަޔަކު އިސްރާއިލް ޕާސްޕޯޓް މަނާނުކުރާތީ ކަންބޮޑުވުން ފާޅުކުރަމުންދާއިރު ސަރުކާރުން އަންނަނީ މިކަން ކުރުމުގައި ލަސްތަކެއް ހުރި ނަމަވެސް ވީއެންމެ އަވަހަކަށް މިކަން ކުރާނެކަމުގެ ޔަގީން ދެމުންނެވެ.