ޚަބަރުސިޔާސީ

ރައީސް ޔާމީންގެ ހަމްދަރުދީ ހާލުގައި ޖެހިފައިވާ ޕާކިސްތާނު ރައްޔިތުންނަށް ފޮނުއްވައިފި

ޕާކިސްތާނުގައި ވިއްސާރަވެ ފެންބޮޑުވުމުގެ ސަބަބުން ހާލުގައި ޖެހިފައިވާ އެ ގައުމުގެ ރައްޔިތުންނަށް އިދިކޮޅު ރިޔާސީ ކެނޑިޑޭޓް ރައީސް އަބްދުﷲ ޔާމިން އަބްދުލްގައްޔޫމްގެ ފަރާތްޕުޅުން އަދި އިދިކޮޅު ކޯލިޝަނުން ހަމްދަރުދީ ފޮނޮއްވައިފި އެވެ.

ރައީސް ޔާމިންގެ މެސެޖުގައިވަނީ, އެމަނިކުފާނާއި ލީޑަރޝިޕް، ސެނެޓް އަދި ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަންގެ އެންމެހާ މެންބަރުންގެ ފަރާތުން ވަރަށް އިޚްލާޞްތެރިކަމާއެކު ޕާކިސްތާނުގެ ރައްޔިތުންނަށް ހަމްދަރުދީ ފޮނުއްވާ ކަމަށެވެ.

ވިއްސާރައިގެ ސަބަބުން ޕާކިސްތާނުގެ ތިންބައިކުޅަ އެއްބައި އޮތީ ފެނު އަޑީގައި ކަމަށް ބުނާއިރު, ޕާކިސްތާނަށް ކުރަމުންދާ ވިއްސާރަގައި މަގުތަކާއި، ގެދޮރާއި، ދަނޑުބިންތަކުގައި ވަނީ ވަރަށް ބޮޑަށް ފެންބޮޑުވެފައެވެ.

ޕާކިސްތާނުގެ ހާލުގައި ޖެހިފައިވާ ފަތާރްތަކަށް އެހީތެރިވުމަށް ރާއްޖޭގެ އަމިއްލަ ޖަމިއްޔާއެއް ކަމަށްވާ އިންޓަނޭޝަނަލް އެއިޑް ކެމްޕެއިންގެ ފަރާތުން ވަނީ ފުރުސަތު ހުޅުވައިލައިފައެވެ. އެގޮތުން އެޖަމިއްޔާއިން ވަނީ ހާލުގަ ޖެހުނު ފަރާތްތަކަށް ކާންދިނުމުގެ ގޮތުން ބަތްޕާރުސަލް ފޯރުކޮށްދެވޭނެ އިންތިޒާމް ހަމަޖައްސައިދީފައެވެ. އެކަމާ ގުޅޭ މައުލޫމާތު އެ ޖަމިއްޔާގެ ފޭސްބުކް އަދި ޓްވިޓާ މެދުވެރިކޮށް ލިބިގެންދާނެ އެވެ.

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button