ޚަބަރު

ކުރިޔަށް އޮތް 5 ދުވަހު މޫސުން ގޯސްވާނެ: މެޓް

ކުރިޔަށް އޮތް 5 ދުވަހު މޫސުން ގޯސްވާނެ: މެޓް

ކުރިއަށް އޮތް ފަސް ދުވަހު ވެސް މުޅި ރާއްޖެއަށް މޫސުން ގޯސް ވާނެ ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާ (މެޓް) އިން  ބުނެފިއެވެ.

އެންމެ ބޮޑަށް ވިއްސާރައިގެ އަސަރު ކުރާނީ މެދު ރާއްޖެތެރެއަށާއި އުތުރުގެ އަތޮޅުތަކަށް ކަމަށެވެ. ޖުމްލަކޮށް މުޅި ރާއްޖެއަށް ވެސް ވިއްސާރަ ކުރާނެ ކަމަށް ވެސް މެޓުން ވަނީ ބުނެފައެވެ. މެޓުން ބުނީ، މެދު ރާއްޖެތެރެއާ އުތުރުގެ އަތޮޅުތަކަށް އިރުދެކުނާ ދެކުނުން ގަޑިއަކު ތިން މޭލާއި 13 މޭލު ބާރުމިނުގައި ވައި ޖެހޭނެ ކަމަށާއި ދެކުނުގެ އަތޮޅުތަކަށް ހުޅަނގާއި ހުޅަނގު އުތުރުން ގަޑިއަކު 10 މޭލާ 20 މޭލު ބާރު މިނުގައި ކަމަށެވެ.

އޭގެއިތުރުން ވިލާގަނޑުގައި 35 މޭލަށް ހުރިހާ ސަރަހައްދަކަށް ވެސް ވައިގަދަވާނެ ކަމަށާއި ކަނޑުތައް އާދައިގެ ވަރަށް ގަދަކޮށް އުޅެނީ ދެކުނުގެ އަތޮޅުތަކަށް ކަމަށާއި މެދު ރާއްޖެތެރެއާ އުތުރުގެ އަތޮޅުތަކުގެ ކަނޑުތައް މަޑުވާނެ ކަމަށް މެޓުން ވަނީ ބުނެފައެވެ. އެހެންނަމަވެސް ވިލާގަނޑުގައި ހުރިހާ ސަރަހައްދެއްގެ ކަނޑުތައް ވެސް ގަދަވާނެ ކަމަށް އެ އިދާރާއިން ބުނެއެވެ.

މެޓުން އިތުރަށް ބުނީ ދެކުނުގެ އަތޮޅުތަކުގެ ކަނޑުތަކުގެ ރާޅުގެ އުސްމިން ތިން ފޫޓާއި ހަ ދެމެދުގައި ހުންނާނެ ކަމަށާއި އުތުރާއި މެދު ރާއްޖެތެރޭގެ ކަނޑުތަކުގައި ރާޅު ގެ އުސްމިން ހުންނާނީ ދެ ފޫޓާ ހަތަރު ފޫޓާ ދެމެދުގައި ކަމަށެވެ.

މޫސުން ގޯސްވާނެތީ ހުރިހާ ފަރާތްތަކުންވެސް މޫސުމަށް ސަމާލުވުމަށް މެޓުން ވަނީ އިލްތިމާސްކޮށްފައެވެ.

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button