އެތަކެއް ކާމިޔާބީއެއް ހޯދާފައިވާ ރާއްޖޭގެ އެންމެ މޮޅު އެއް ފުޓުބޯޅަ ކްލަބް ކަމުގައިވާ ނިއު ރޭޑިއަންޓުގެ ސީނިއާ ވައިސް ޗެއާމަން ކަމުގެ މަގާމަށް ހެންވޭރު ހުޅަނގު ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ މެންބަރު އަލީ އިބްރާހިމް (ކައްޕި) އިންތިހާބުކޮށްފިއެވެ.
ދަރުބާރުގޭގައި ރޭ ކުރިއަށް ދިޔަ އެ ކްލަބުގެ ކޮންގްރެސްގައި ވަނީ ހިންގާ ކޮމެޓީއެއް އިންތިހާބުކޮށްފައެވެ. ކޮންމެ މަގާމަކަށްވެސް ކުރިމަތިލާފައިވަނީ އެންމެ ބޭފުޅެކެވެ. އަދި ހިންގާ ކޮމެޓީ އަށް މެމްބަރުން އިންތިހާބުކުރީ ކޮންގްރެސްގައި ބައިވެރިވި މެމްބަރުންގެ ފެންނަ ނުފެންނަ ވޯޓަކުންނެވެ.
”ބޮންތި“ އަށް މައުލޫމާތު ދެއްވަމުން ކައްޕި ވިދާޅުވީ ކްލަބްގެ އައު ޗެއާމަން އާއި ހިންގާ ކޮމެޓީގެ ހުރިހާ މެންބަރުންގެ އަމާޒަކީ ކްލަބް ނަގާ ކޮޅަށް ޖެހުމެވެ.
”އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން ގުޅިގެން މިކުރާ މަސައްކަތުގައި މި ކްލަބްގެ ހާލަތު ބަދަލުކުރެވޭނެ.“ ކައްޕި ވިދާޅުވިއެވެ.
ނިއުގެ ހިންގާ ކޮމެޓީއަށް އަލަށް އިންތިހާބުވި މެންބަރުން:
ޗެއާމަން: އަހުމަދު މުބީން
ސީނިއާ ވައިސް ޗެއާމަން: އަލީ އިބްރާހީމް (ކައްޕި)
ސީނިއާ ވައިސް ޗެއާމަން: މުޖުތަބާ ޖަލީލް
ވައިސް ޗެއާމަން: އަލީ ރަޝީދު އަހުމަދު
ލީގަލް ކައުންސިލް: މާޒިން ހުސެއިން އިބްރާހީމް
ބޯޑު މެމްބަރު: އިސްމާއިލް ރަޝީދު (ހުންގާނު)
ބޯޑު މެމްބަރު: މުހައްމަދު ޝަކީލް
ބޯޑު މެމްބަރު: މުހައްމަދު ޔޫސުފް
ބޯޑު މެމްބަރު: އަހުމަދު މޫސާ
ބޯޑު މެމްބަރު: އަހުމަދު ހުސެއިން
ބޯޑު މެމްބަރު: އަހުމަދު ޔޫސުފް
ބޯޑު މެމްބަރު: ޒަހީނުއްދީން ސައީދު
ބޯޑު މެމްބަރު: އަބްދުلله އަބޫބަކުރު
ބޯޑު މެމްބަރު: މުހައްމަދު އަލީ
ބޯޑު މެމްބަރު: އުމަރު ފަރުހާން
ބޯޑު މެމްބަރު: މޫސާ ސާއިދު
ނިއުގެ ޗެއާމަންކަމުގެ މަގާމާ ހަވާލުވުމަށްފަހު މުބީން ވިދާޅުވިގޮތުގައި އެ ކްލަބުގެ އަމާޒަކީ ނިއުގެ ސަޕޯޓަރުންނާއި، ކްލަބްގެ ކުރީގެ ކުޅުންތެރިންނާ ގުޅިގެން އަލުން ފުޓުބޯޅައިގެ ރަސްކަމަށް އައުމެވެ.
ނިއު އިން ނިމުނު ސީޒަނުގެ ދެ ވަނަ ޑިވިޝަން ގައި ކުޅެ ބަލިވީ، ސެމީ ފައިނަލުގައި ބުރު ސްޕޯޓްސް ކްލަބް އަތުންނެވެ.