
އިންޑިއާގެ ބެންގަލޫރުގައި ދިވެހިރާއްޖޭގެ ކޮންސިއުލޭޓެއް ޤާއިމުކުރުމަށާއި ދިވެހިރާއްޖޭގެ އައްޑޫސިޓީގައި އިންޑިއާގެ ކޮންސިއުލޭޓެއް ޤާއިމުކުރުމާ ގުޅޭގޮތުން ދިވެހިރާއްޖެއާއި އިންޑިއާއާ ދެމެދު މަޝްވަރާކުރައްވައިފިއެވެ.
ކޮންސިއުލޭޓް ގާއިމުކުރުމާގުޅޭގޮތުން މަޝްވަރާކުރެއްވީ ރައީސް ޑރ.މުޙައްމަދު މުޢިއްޒު މިހާރު އިންޑިއާއަށް ކުރައްވަމުންގެންދަވާ ފުރަމާނަ ދަތުރުފުޅުގައެވެ.
ރައީސް އިންޑިއާއަށް ކުރައްވަމުންގެންދަވާ ފުރަތަމަ ފުރަމާނަ ދަތުރުފުޅުގައި ދެޤައުމުގެ ދެމެދު ރަސްމީވާހަކަތައް މިހާރު ވަނީ ބާއްވަވައިފައެވެ. މިދަތުރުފުޅުގައި ރައީސްގެ އަރިހުގައި ދިވެހިސަރުކާރުގެ އިސްވެރިންގެ ވަފުދެއް ބައިވެރިވެވަޑައިގަންނަވައެވެ.