ޚަބަރު

މުލިއާގެ ކައިރިން ދިޔަ ދެމީހެއްގެ އަތުގައި ބޮމެއް އޮތްކަމަށް ބުނުމުން ހައްޔަރަށް!

ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ދިއިއުޅުއްވާ ގެކޮޅު ކަމަށްވާ މުލިއާގެ ކައިރިން ދިޔަ ދެ މީހެއްގެ އަތުގައި ބޮމެއް އޮތް ކަމަށް ބުނުމުން ފުލުހުން އެ މީހުން ހައްޔަރު ކޮށްފިއެވެ.

ފުލުހުން ބުނީ އެ ދެމީހުން ގެންގުޅުނު ފޮށިގަނޑެއްގައި ބޮމެއް އޮތްކަމަށް ބުނެފައިވާ ކަމަށެވެ. ހައްޔަރު ކުރި ދެމީހުން ވަނީ މުލިއާގެ ކައިރީގައި ފޮއްޓަކާއި، ކަރުދާސް ފޮށިގަނޑެއްގެ އިތުރުން ރަތްކުލައިގެ ކޮތަޅެއް ބަހައްޓާފައެވެ. އަދި އެތަކެތި ބެހެއްޓުމަށްފަހު އެ ދެމީހުން ދުއްވައިގަންނަން އުޅުނުކަމަށް ”ބޮންތި“ އަށް ވަނީ މައުލޫމާތު ލިބިފައެވެ.

މުލިއާގޭ ސެކިއުރިޓީ ބަލަހައްޓަމުން އަންނަނީ އެމްއެންޑީއެފުންނެވެ.

މެއި މަހުގެ 6 ވަނަ ދުވަހު މަޖިލިސް ރައީސް، ރައިސް މުހައްމަދު ނަޝީދަށް އަމާޒުކޮށް ދިން ބޮމުގެ ހަމަލާއަށްފަހު މާލޭގެ އެކި ސަރަހައްދުތަކުގައި ސިފައިން އަންނަނީ ހަތިޔާރާއެކު ފޯރިމަރަމުންނެވެ. އޭގެ ތެރޭގައި މުލިއާގެވެސް ހިމެނެއެވެ.

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button