މިހާރު ކުރެވޭ މަސައްކަތާއެކު ހުޅުމާލޭ ފޭސް 2 އަށް ދިމާވެފައިވާ ކަރަންޓުގެ މައްސަލައަށް ހައްލު ލިބިގެންދާނެ: ސްޓެލްކޯ

ހުޅުމާލެ ފޭސް 2 އަށް ދިމާވެފައިވާ ކަރަންޓުގެ މައްސަލަ ހައްލުކުރުމުގެ ގޮތުން މިހާރު ކުރާ މަސައްކަތާއެކު އެކަމަށް ހައްލު ލިބިގެންދާނެ ކަމުގައި ސްޓެލްކޯއިން ބުނެފިއެވެ.
ސްޓެލްކޯއިން ބުނީ ހުޅުމާލެ ދެވަނަ ފިޔަވަހީގައި ބަހައްޓާފައިހުރި 132 ކޭވީ ހައިވޯލްޓޭޖް ސަބްސްޓޭޝަން ގްރޭޓާމާލޭ އިންޓަރކަނެކްޝަން ގްރިޑާއި ގުޅުވާލައި، އެ ސަބްސްޓޭޝަންގެ ހަކަތަ އިތުރުކުރުމަށްޓަކައި ހުކުރު ދުވަހު ހެނދުނު 6:00 އިން 7:00 އަށް މަސައްކަތްތަކެއް ކުރިއަށް ގެންދަން ހަމަޖެހިފައިވާ ކަމުގައެވެ. އަދި އެގަޑީގައި ކަރަންޓުގެ ހިދުމަތަށް ބުރޫއެރުމަކީ އެކަށީގެންވާކަމެއް ކަމުގައިވެސް ސްޓެލްކޯއިން ވަނީ ބުނެފައެވެ.
އެކުންފުނިން ބުނީ މި ސަބްސްޓޭޝަންތަކުގައި50 އެމްވީގެ ހައިވޯލްޓޭޖް ދެ ޓްރާންސްފޯމަރާއި، ހައިވޯލްޓޭޖް ސުވިޗްގިއަރާއި، ހުުމާލެ ދެވަނަ ދިޔަވައްސަށް ބޭނުންވާ ކަރަންޓު ފޯރުކޮށްދިނުމަށް ބަހައްޓާފައިވާ މީޑިއަމް ވޯލްޓޭޖްގެ އައުޓްގޮއިން ފީޑަރުތައް ހިމެނޭ ކަމުގައެވެ. އަދި މިހާރު ދިމާވެފައިވާ މައްސަލަ ހައްލު ކުރުމުގެ ގޮތުން ބަހައްޓާ ޓްރާންސްފޯމަރުތަކުގެ ސަބަބުން ހިދުމަތުގެ ކަށަވަރުކަން ގާއިމްކުރެވި، އެ ހިދުމަތް އިތުރަށް ފުޅާ ކުރެވިގެންދާނެކަމަށް އެކުންފުނިން ބުންޏެވެ.