ޚަބަރުސިޔާސީ

ޓިކްޓޮކާއި، ޔޫޓިއުބް ފަދަ ސޯޝަލް އެޕްލިކޭޝަންތަކުން ފައިސާ ނެގޭގޮތްވެސް ހަމަޖައްސަނީ

ދިވެހި ފަންނުވެރީންނަށް ޓިކްޓޮކާއި ޔޫޓިއުބު ފަދަ އެހެން ޕްލެޓްފޯމްތަކުން ފައިސާ ލިބޭނެ ގޮތް ހެދުމަށް ސަރުކާރުން މަސައްކަތްކުރަމުން އަންނަ ކަމުގައި އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ.

ރޭ ޕީއެސްއެމްގެ ޕްރޮގްރާމެއްގައި ބައިވެރިވެވަޑައިގެން ވާހަކަދައްކަވަމުން މިނިސްޓަރ ސައީދު ވިދާޅުވީ ރާއްޖޭގައި ގިނަ އަދަދަކަށް އުފެއްދުންތެރިން ތިބި ނަމަވެސް ފައިސާ ހޯދުމުގައި އެފަރާތްތަކަށް ވަރަށް ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިލާންޖެހޭ ކަމުގައެވެ.

”އާޓިސްޓުން، މިއުޒިޝަނުން އެކި ކަހަލަ ކްރިއޭޓިވް ކަންކަން ކުރާ މީހުން އެބަތިބި. އިންސްޓަގްރާމަކީވެސް ވިޔަފާރި ކުރެވޭ ޕްލެޓްފޯމެއް، ފޭސްބުކް ޓިކްޓޮކް ކަހަލަ އެއްޗެއްސަކީވެސް ގައުމުތަކުން ވިޔަފާރީގެ ތެރެއަށް ވަދެގެން ވަރަށް ބޮޑަށް ހަރަކާތްތެރިވާ އޭރިއާސްތަކެއް.“ ސައީދު ވިދާޅުވިއެވެ.

ކަން މިހެން އޮތަސް ފައިސާ ލިބޭނެ ނިޒާމެއް ރާއްޖޭގައި ނެތްކަން ފާހަގަކުރައްވައި ސައީދު ވިދާޅުވީ ހަމައެކަނި ޕޭޕާލް ހޯދުމަށްޓަކައިވެސް މި ސަރުކާރުން ގިނަ މަސައްކަތްތަކެއް ކޮށްފައިވާކަމުގައެވެ. އަދި އެކަން ދިގުލައިގެން ދިޔަ ބައެއް ސަބަބުތަކުގެ ތެރޭގައި ސައީދު ފާހަގަކުރެއްވީ ރާއްޖެ ފަދަ މާކެޓް ކުޑަ ގައުމުތަކަށް ގޫގުލް، އެޕަލް ޕޭޕާލް ކަހަލަ ބައެއް ޕްލެތްފޯމްތަކުން ހާއްސަ އިސްކަމެއް ނުދިނުމެވެ.
އެހެން ނަމަވެސް ސަރުކާރުން ކުރި މަސައްކަތުގެ ނަތިޖާއިން އެ ހާލަތު ބަދަލުކުރަމުން ގޮސް، މިހާރު ރާއްޖޭގައި ވިޗެޓް ޕޭ ބޭނުންކުރެވޭކަން އޭނާ ފާހަގަކުރެއްވިއެވެ.
”ބީއެމްއެލް އާއި އެމްއައިބީގެ ޑޮލަރު ވޮލެޓް މިހާރު އެކްޓިވޭޓް ކުރެވިފައިވާނެ. އަންނަ މަސް ނިމުމުގެ ކުރިން ރާއްޖޭގައި އިންޑިއާގެ ރުޕޭ ކާޑް ބޭނުން ކުރަން ފެށޭނެ. ގޫގުލް ޕޭ އާއި އެޕަލް ޕޭ ރާއްޖޭގައި ބޭނުންކުރެވޭނެ ގޮތް ހެދުމަށް  މިދަނީ މަސައްކަތް ކުރަމުނ.ް“ ސައީދު ވިދާޅުވިއެވެ.

ސައީދު ފާހަގަކުރެއްވިގޮތުގައި ޓިކްޓޮކް މަނިޓައިޒްކުރުމާއި، އެ އެޕްލިކޭޝަން ބޭނުންކޮށްގެން ރާއްޖެއަށް އެންމެ ފައިދާ ހުރި ގޮތް ހޯދުމަށްޓަކައި ޓިކްޓޮކްގެ ރީޖަނަލް އޮފީސްތަކާއި ސަރުކާރާއި ދަނީ މަޝްވަރާ ކުރެވެމުންނެވެ. އަދި އެކަމުގައި ޗައިނާ ސަރުކާރުން ދޭ އެހީތެރިކަން އޭނާ ފާހަގަކުރެއްވިއެވެ.

ކްރިއޭޓާ އިކޮނޮމީ ނުވަތަ ކޮންޓެންޓް ކްރިއޭޓަރުންނަށް ދިމާވެފައިވާ މައްސަލަ ހައްލުކުރުމަށް ރައީސް ޑރ.މުހައްމަދު މުއިއްޒު ގެންގުޅުއްވާ ސިޔާސަތަށް އަލިއަޅުއްވައި ސައީދު ވިދާޅުވީ އެކަމަށްޓަކައި ވޭތުވެދިޔަ 8 މަސް ދުވަހު ކުރެވުނު މަސައްކަތާއިމެދު އުފާކުރައްވާ ކަމުގައެވެ. އަދި ކުރިއަށް އޮތީ އެ މަސައްކަތުގެ އެންމެ ބުރަ ބޮޑު ބައިކަން ފާހަގަކުރައްވައި ސައީދު ވަނީ ރައީސް މުއިއްޒުގެ ވައުދުފުޅާ އެއްގޮތަށް އެކަން ތަންފީޒު ކުރެވިގެންދާނެ ކަމުގެ ޔަގީންކަން ދެއްވާފައެވެ.

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

އިތުރު ކިޔާލުމަށް
Close
Back to top button