ޚަބަރުވިޔަފާރި

ލުއިތަކާއިއެކު ވިޔަފާރިތަކަށް ބޮޑެތި ބަދަލުތަކެއް

ކޯވިޑް-19 އާއި ގުޅިގެން އަޅާފައިވާ ހަރުކަށި ފިޔަވަޅުތަކަށް، މިހަފްތާ ތެރޭގައި ބޮޑެތި ލުއިތަކެއް ދީފައިވާއިރު، އެންމެ ބޮޑު ބަދަލެއް އައިސްފައިމިވަނީ ވިޔަފާރިތަކަށެވެ. ރައްކާތެރިކަމުގެ ފިޔަވަޅުތަކާއިއެކު ވިޔަފާރިތަކަށް ސަރުކާރުން މިވަނީ ބޮޑެެތި ލުއިތަކެއް ދީފައެވެ.

އެގޮތުން 8 ޖުލައިން ފެށިގެން ކާބޯތަކެތީގެ ހިދުމަތް ދޭ ތަންތަނުން އާންމުންނަށް ހުޅުވާލައިގެން ހިދުމަތް ދެވޭނީ ފަތިހު 4 އަކުން ރޭގަނޑު 11:30 އަށެވެ.

އަދި ހަމަ އެހެންމެ މުދާ ވިއްކާ ތަންތަން ހުޅުވާފައި ބެހެއްޓޭނީ ފަތިހު 5:00 އިން ފެށިގެން ރޭގަނޑު 11 އާއި ދެމެދު ކަމަށް ވެސް ސަރުކާރުން ވަނީ ބުނެފައެވެ.0

8 ޖުލައި 2021 އިން ފެށިގެން މުދާ ވިއްކާ ތަންތަނުން، އަދި ކާބޯތަކެތީގެ ހިދުމަތްދޭ ތަންތަނުން 24 ގަޑިއިރު ޑެލިވަރީގެ ހިދުމަތް ދެވިދާނެ ކަމަށް ސަރުކާރުން ބުނެފައިވާއިރު، މުދާ ވިއްކާ ތަންތަނާއި ކާބޯތަކެތީގެ ޚިދުމަތްދޭ ތަންތަނުން ހެލްތް ޕްރޮޓެކްޝަން އެޖެންސީން ކަނޑައަޅާ އުސޫލުތަކާ އެއްގޮތަށް ޢަމަލުކުރަން ސަރުކާރުގެ ފަރާތުން ވަނީ އިލްތިމާސް ކޮށްފައެވެ.

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button