
ރައީސް ޑރ.މުހައްމަދު މުއިއްޒު ހުންނަވާ ރަސްމީ ގެކޮޅު، މުލިއާގެއިން އެމަނިކުފާނުގެ ޕާޓީ ކަމުގައިވާ ޕީއެންސީއަށް ނިސްބަތްވާ ރައްޔިތުންގެ މަޖިލީހުގެ ކޮންމެ މެންބަރަކަށް 50،0000 ރުފިޔާ ދޭ ކަމަށް އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު އިސްމާއީލް ދެއްކެވި ވާހަކަ ރައީސް އޮފީހުން ދޮގުކޮށްފިއެވެ.
ރައީސް އޮފީހުގެ ތަރުޖަމާނު ހިނާ ވަލީދު ވަނީ މިއަދު ’އެކްސް’ގައި ކުރެއްވި ޕޯސްޓެއްގައި އެއީ ކަނޑައެޅިގެން ބުހުތާން ދޮގެއް ކަމަށް ވިދާޅުވެފައެވެ.
މުލިއާގެއިން މެންބަރުންނަށް 50،000 ރުފިޔާ ދޭ ކަމަށް އެންމެ ފުރަތަމަ ތުހުމަތު ކުރެެއްވީ ފައްޔާޒެވެ. ހީނާ އެވާހަކަތައް ދޮގުކުރެއްވީ، އެކަން އޮންލައިން ނޫހަކުން ރިޕޯޓްކޮށްފައިވަނިކޮށެވެ.