ޚަބަރު

ރާއްޖެ ނާންނަކަމަށް ކުރީގެ މެންބަރަކު ވިދާޅުވާ ތުރުކީގެ ކާޑުގެ ފުރަތަމަ ޝިޕްމަންޓް އޭޕްރީލް މަހު ލިބިއްޖެ

ރާއްޖެއަށް ކާޑުގެ ބާވަތްތައް ގެނައުމަށް ތުރުކީވިލާތާއެކު ވެފައިވާ އެއްބަސްވުމުގެ ދަށުން މި އަހަރުގެ އޭޕްރިލް މަހުން ފެށިގެން ކާޑުގެ ބާވަތްތައް ގެންނަކަމަށް އެސްޓީއޯއިން ބުނެފިއެވެ.

އެސްޓީއޯއިން މިފަދައިން ބުނީ ހަނޑޫ، ހަކުރު ފުށް ފަދަ ޒަރޫރީ ބާވަތްތައް ތުުރުކީން ގެންނާނެކަމަށް ރައީސް ޑރ.މުހައްމަދު މުއިއްޒު ވިދާޅުވެފައިވާ ވީޑިއޯއެއް ހިއްސާ ކުރައްވައި، އެމަނިކުފާނު ވިދާޅުވި ތަކެތި އަތުވެއްޖެތޯ، އުނގޫފާރު ދާއިރާގެ ކުރީގެ މެންބަރު މުހައްމަދު ވަހީދު (ވައްޑޭ) ސުވާލު އުފައްދަވައި، އެކްސްގައި ކުރެއްވި ޕޯސްޓަކާއި ގުޅިގެންނެވެ.

ވައްޑޭގެ ޕޯސްޓަށް ޖަވާބު ދެއްވަމުން އެސްޓީއޯގެ ޕީއާރު، މީޑިއާ ހެޑް ޝާހު ވިދާޅުވީ މިއަހަރުގެ އެޕްރީލް މަހުގެ20 ވަނަ ދުވަހުން ފެށިގެން ކާޑުގެ ފުރަތަމަ ޝިޕްމަންޓް ރާއްޖެ އައިސްފައިވާ ކަމުގައެވެ.

”އެކަމަކުވާ ވައްޑޭ، ތިޔަބުނާ ޝިޕްމަންޓް މިމަހުގ ެ20 ވަނަ ދުވަހު މާލެ އައިސްފި. ވައްޑޭ ހުންނާނީ މިހާރު އެ ކައިވެސްފަ.“ ޝާހު ވިދާޅުވިއެވެ.

ހަނޑޫ ހަކުރު ފުށް ގެނައުމުގައި އެންމެ ގައުމަކަށް ބަރޯސާ ނުވާނެކަމަށާއި، ރާއްޖެއިން ތުރުކީއާއެކު އެއްބަސްވުމެއްގައި ސޮއި ކޮށްފައިވާނެކަމަށް ރައީސް ވިދާޅުވީ، މިދިޔަ އަހަރުގެ ޑިސެމްބަރުގައި އެގައުމަށް ކުރެއްވި ރަސްމީ ދަތުރުފުޅަށްފަހުގައެވެ. އެގޮތުން އެއް އަހަރަށް ބޭނުންވާ މިންވަރަށްވުރެ ވެސް އިތުރަށް ތުރުކީއިން ރާއްޖެއަށް ހަނޑުލާއި ހަކުރާއި ގޮދަން ފުށުގެ އިތުރުން ފިޔާ އަދި އަލުވި ގެންނަން އެއްބަސްވުމެއް ވަނީ ގާއިމުކޮށްފައެވެ.

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button