ގޭހުގެ މުވައްޒަފުންގެ ބައިވެރިވުމާއެކު ފަލަސްތީނު ފަންޑަށް ލައްކައަކަށްވުރެ ގިނަ ރުފިޔާ ހަދިޔާކޮށްފި

ރައީސް ޑރ.މުހައްމަދު މުއިއްޒުގެ އިސްނެންގެވުމަށް ދިވެހިރާއްޖޭން ފަލަސްތީން ރައްޔިތުންނަށް އެހީވުމުގެ ގޮތުން ދައުލަތުގެ މީޑިއާ، ޕީއެސްއެމް މެދުވެރިކޮށް މިއަދު ކުރިއަށް ގެންދިޔައީ ގައުމީ ޓެލެތޯނަށް މޯލްޑިވް ގޭސް އިން ލައްކައަކަށްވުރެ ގިނަ ރުފިޔާ ހަދިޔާކޮށްފި އެވެ.
މޯލްޑިވް ގޭހުގެ ފަރާތުން މި ފައިސާ ޕީއެސްއެމް އާއި ހަވާލު ކުރެއްވީ އެ ކުންފުނީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރ އިބްރާހިމް ރައްޒާނެވެ. އަދި ކުންފުނީގެ މުވައްޒަފުންވެސް މި ހަރަކާތުގައި ވަނީ ބައިވެރިވެފައެވެ.
މިކަމާ ގުޅޭގޮތުން ރައްޒާން ވިދާޅުވީ ލިބުނު ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި އެ އަދަދު ނެރުމަށް މުވައްޒަފުންގެ ވަރަށް ބޮޑު އެހީތެރިކަމެއް ލިބިފައިވާކަމުގައެވެ.
މޯލްޑިވް ގޭހުގެ މުވައްޒަފުންގެ ބައިވެރިވުމާއެކު ފަލަސްތީނު ފަންޑަށް 110,000 ރުފިޔާ ވަނީ ހަދިޔާކޮށްފައެވެ. ގޭހުން ބުނިގޮތުގައި އެއީ މުވައްޒަފުންގެ އިސްނެގުމާއެކު މެނޭޖުމެންޓުގެ އެހީތެރިކަމާއެކު ފަލަސްތީނުގެ ރައްޔިތުންނަށްޓަކައި ހަދިޔާކުރި ފައިސާ އެވެ.