ޚަބަރު

މުވައްޒަފުންގެ ބައިވެރިވުމާއެކު ފަލަސްތީނު ފަންޑަށް ސްޓެލްކޯއިން ބައި މިލިއަން ރުފިޔާ!

ރައީސް ޑރ.މުހައްމަދު މުއިއްޒުގެ އިސްނެންގެވުމަށް  ދިވެހިރާއްޖޭން ފަލަސްތީން ރައްޔިތުންނަށް އެހީވުމުގެ ގޮތުން ދައުލަތުގެ މީޑިއާ، ޕީއެސްއެމް މެދުވެރިކޮށް މިއަދު ކުރިއަށް ގެންދިޔައީ ގައުމީ ޓެލެތޯން އަށް ސްޓެލްކޯ އިން ބައި މިލިއަން ރުފިޔާ ހަދިޔާކޮށްފި އެވެ.

ސްޓެލްކޯ އިން މިއަދު ބުނީ އެ ކުންފުނިން ހަދިޔާ ކުރި ފައިސާއަކީ ސްޓެލްކޯގެ މުވައްޒަފުންގެ ބައިވެރިވުމާއެކު ހަދިޔާކޮށްފައިވާ ފައިސާ ކަމުގައެވެ.

”އަޅުގަނޑުމެން، ސްޓެލްކޯގެ މުވައްޒަފުން ސާބިތުކަމާއެކު އަބަދުވެސް ދެމި ތިބޭނީ ފަލަސްތީންގެ ރައްޔިތުންނާ އެކު.“ ސްޓެލްކޯ އިން ބުންޏެވެ.

މިއަދު ހެނދުނު 08:00 އިން މިރޭ 00:00 އަށް ކުރިއަށް ދިޔަ މި ޓެލެތޯނުގައި މާލެ ސަރަހައްދުގައި 13 ފަންޑު ފޮށި ބެހެއްޓިއިރު، އޮންލައިންކޮށް ފައިސާ ޖަމާކުރެވޭނެ އިންތިޒާމުވެސް ވަނީ ހަމަޖައްސާފައެވެ.

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button