ޚަބަރުދުނިޔެސިޔާސީ

ޒަމާންވީ ރަހުމަތްތެރިކަމުގެ ގުޅުމަށް އެއްވެސް ބަދަލެއް ނާންނާނެ، ރައީސް މުއިއްޒުއާ ކުރެވުނީ މުހިންމު މަޝްވަރާތަކެއް: އިންޑިއާ

ރާއްޖޭގެ އިގްތިސާދާ ގުޅުން ހުރި ދާއިރަތަކާއ،ި ތަރައްގީގެ މައުޟޫގައި ރައީސް ޑރ. މުހައްމަދު މުއިއްޒުއާއި އެކު މުހިންމު މަޝްވަރާތަކެއް ކުރެވުނުކަމަށް އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރ ސުބްރަމާނިއަމް ޖައިޝަންކަރު ވިދާޅުވެއްޖެއެވެ.

އިންޑިއާގެ ބޮޑުވަޒީރުކަމުގެ ތިންވަނަ ދައުރަކަށް މޯދީ ހުވާ ކުރެއްވުމުގެ ރަސްމިއްޔާތަށް ވަޑައިގަތުމަށް ދިވެހިރާއްޖެއަށް ދިން ދައުވަތު ރައީސް މުއިއްޒު ގަބޫލުފުޅުކުރައްވައި،  އެގައުމާއި މެދު އެމަނިކުފާނު ބެހެއްޓެވި ގާތްކަން ފާހަގަކުރައްވައި، އަދި އެކަމުގެ ސަބަބުން ވަރަށް ބޮޑު ޝަރަފެއް އިންޑިއާއަށް ލިބިފައިވާކަމަށް ޖައިޝަންކަރު ވިދާޅުވިއެވެ.

ނިއުދިއްލީގައި އޮތް މި ބައްދަލުވުމާއި ގުޅޭގޮތުން، އެ ގައުމުގެ މީޑިއާތަކުން ކުރިމަތިކުރުވި ސުވާލުތަކަށް ޖަވާބު ދެއްވަމުން ޖައިޝަންކަރު ވިދާޅުވީ، ދެ ގައުމު ގުޅިގެން އެކުގައި މަސައްކަތް ކުރުމަށް މަޝްވަރާތައް ކުރެވުނު ކަމުގައެވެ.

“ އެއްބަސްވެވޭ ގޮތެއްގެ މަތިން އިގްތިސާދީ ދާއިރާއާއި ތަރައްގީގެ ދުވެލީގައި މަސައްކަތް ކުރެވިގެންދާނެ. އިންޑިއާގެ އެންމެ އަވައްޓެރި ގާތް ރަހުމަތްތެރިޔާ. ޒަމާނުއްސުރެ އޮތް އެހީތެރިކަން ފޯރުކޮށްދިނުމުގެ ސިޔާސަތަށް އެއްވެސް ބަދަލެއް ނާންނާނެ ކަމުގެ ޔަގީންކަން އަޅުގަނޑު ދެން.“ ޖައިޝަންކަރު ވިދާޅުވިއެވެ.

އެ ގައުމުގެ މީޑިއާތަކުގެ ވެސް މައިގަނޑު ސުވާލަކަށް ވީ، ރައީސް މުއިއްޒުގެ ވެރިކަމުގެ ދައުރާއެކު ރައްޔިތުންގެ މަޖިލީހުގެ ސުޕަ މެޖޯރިޓީ ވެސް ލިބިފައިވާކަމަށާއި އަދި އެއްބަސްވުންތައް ރިވިއު ކުރުމުގެ މަސައްކަތް ފެށުމުގެ ފުރުސަތު އެބައޮތްކަމެވެ. އަދި ވެރިކަމަށް ވަޑައިގެންނެވިތާ މާ ގިނަ އިރުތަކެއް ނުވެ ރާއްޖޭގައި ތިބި އެ ގައުމުގެ ސިފައިން ފޮނުވާލުމުގެ މަސައްކަތް ފެއްޓެވިކަމަށް ވެއެވެ.

ޖައިޝަންކަރަކީ ރާއްޖޭގެ ސިޔާސީ މަސްރަހާއި ގުޅޭގޮތުން އާންމުގޮތެއްގައި ވަރަށް ފާޅުކަން ބޮޑުގޮތެއްގައި ވާހަކަ ދައްކަވާ ބޭފުޅެކެވެ.

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button