ޚަބަރު

އެއްވެސް ފަރާތެއްގެ ނުފޫޒެއް ހައްޖު ކިއުއަކަށް ނުފޯރުވޭނެ: އެމްޑީ ޝަކީލް

ހައްޖު ކިއުއަށް އެއްވެސް ފަރާތެއްގެ ނުފޫޒެއް ނުފޯރުވޭނެ ކަމަށް ހައްޖު ކޯޕަރޭޝަންގެ މެނޭޖިންގ ޑިރެކްޓަރ މުހައްމަދު ޝަކީލް ވިދާޅުވެއްޖެއެވެ.

ޝަކީލް މިފަދައިން ވިދާޅުވީ ހައްޖު ކިއުއަށް ނުފޯޒުފޯރުވާފައިވާ ކަމަށް ބުނެ ގިނަ ބަޔަކު ހައްޖު ކޯޕަރޭޝަނަށާއި އިސްލާމިކް މިނިސްޓަރީއަށް ބޮޑު ތުހުމަތު ތަކެއް ކުރަމުން އަންނަ ދަނޑިވަޅެއްގައެވެ.

ހޮނިހިރު ދުވަހުގެ ރޭ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ޝަކީލް ވިދާޅުވީ 1445 ވަނަ އަހަރު ހައްޖަށް ދެވޭނެ ކަމަށް ހައްޖު ކޯޕަރޭޝަންގެ ކިއުގައިވާ ހުރިހާ ފަރާތްތަކަށް ހައްޖަށް ދިއުމުގެ ފުރުސަތު ދެވިފައިވާ ކަމުގައެވެ. އަދި 1445 ވަނަ އަހަރުގެ ރަސްމީ 1000 ކޯޓާއިން ހައްޖު ކޯޕަރޭޝަންގެ ހަވާލުގައި ހައްޖަށް ދިއުމަށް ހަމަޖެހިފައިވާ މީހުންގެ ތެރެއިން އެހީތެރިންގެ ގޮތުގައި އަންނަ ހައްޖު ކޯޕަރޭޝަންގެ 3 މުވައްޒަފުން ފިޔަވާ ހުރިހާ ހައްޖުވެރިން މައްކާއަށް އައިސް އުމްރާގެ އަޅުކަން ފުރިހަމަކޮށްފިކަން އޭނާ ފާހަގަކުރެއްވިއެވެ.

”ހައްޖު ކޯޕަރޭޝަންގެ ހައްޖު ކިއުގެ ނިޒާމް ހަމަޖެހިފައިވާ ގޮތުން އެއްވެސް ފަރާތެއްގެ ނުފޫޒެއް ހައްޖު ކިއު އަކަށް ނުފޯރުވޭނެ.“ ޝަކީލް ވިދާޅުވިއެވެ.

ރައީސް ޑރ.މުހައްމަދު މުއިއްޒުގެ ނިންމެވުމާއެކު މިއަހަރު ރާއްޖެއިން 1150 މީހުން ހައްޖަށް ދާއިރު 2022 ވަނަ އަހަރު ރާއްޖެއިން ހައްޖަށް ދެވުނީ 400 މީހުންނަށެވެ. އަދި އޭގެ ކުރީ އަހަރު ކޯވިޑް-19 އާއި ގުޅިގެން ހައްޖަށް މީހުން ނުދާއިރު، ހައްޖު ކިއޫ ވަނީ ދިގުވެފައެވެ.

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

އިތުރު ކިޔާލުމަށް
Close
Back to top button