ޚަބަރުސިޔާސީ

ސްޓެލްކޯއިން 5 ލައްކަ ގަސް އިންދުމުގެ މަޝްރޫއު ފަށައިފި!

ރައީސް ޑރ.މުހައްމަދު މުއިއްޒުގެ 5 މިލިއަން ގަސް އިންދުމުގެ މަޝްރޫއު މުޅި ރާއްޖޭގައި އިފްތިތާހުކޮށްފައިވާ ދަނޑިވަޅެއްގައި، ސްޓެލްކޯއިން އިސްނަގައިގެން 5 ލައްކަ ގަސް އިންދުމުގެ މަސައްކަތް ބުދަ ދުވަހު ފަށައިފިއެވެ.

މިކަން ފެށުމުގެ ގޮތުން، ކ.ތުލުސްދޫގައި ބުދަ ދުވަހުގެ ހަވީރު ބޭއްވި ރަސްމިއްޔާތެއްގައި ވާހަކަފުޅު ދައްކަވަމުން، ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރ ހުސައިން ފަހުމީ ވިދާޅުވީ، ސްޓެލްކޯއިން އިންޖީނުގެތައް ހިންގާ 33 ރަށެއްގެ އިތުރުން މާލޭ ސަރަހައްދުގައިވެސް މި މަސައްކަތް ކުރިއަށް ދާނެ ކަމުގައެވެ.

”މިއަދު 27،000 ގަސް އިންދައި، އެ ގަސްތަކަށް ފެންދޭނަންް.“ ފަހުމީ ވިދާޅުވިއެވެ.

މިއީ ރާއްޖޭގެ ތިމާވެށި ހިމާޔަތް ކުރުމުގެ ގޮތުން ފަސް މިލިއަން ގަސް ފަސް އަހަަރު ތެރޭގައި އިންދާ ގޮތަށް ކުރިއަށްގެންދާ ޕްރޮގްރާމެކެވެ.

ރާއްޖޭގައި ފަސް މިލިއަން ގަސް އިންދިމުގެ މަޝްރޫއަށް އެހީތެރިވެ ދިނުމަށް ޕާކިސްތާނު ސަރުކާރުންވެސް ވަނީ ނިންމާފައެވެ.

 

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button